ހައްޖުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި 80 ޤައުމަކާއެކު ސައުދީން މަޝްވަރާ ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ހައްޖުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި 80 ޤައުމަކާއެކު ސައުދީން މަޝްވަރާ ކުރަނީ!
މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި 80 ޤައުމަކާއިއެކު މަޝްވަރާކުރަން ސައުދީ ހައްޖު މިނިސްޓްރީން ނިންމައިފިއެވެ.

ހައްޖު މިނިސްޓަރު ވިދާޅުވީ ސައުދިއަރަބިޔާއަކީ ހައްޖާއި އުމުރާގެ ކަންކަމުގައި އެއްވެސް ޤައުމަކަށް ކަންކަން ތަފަތުކުރާ ޤައުމެއް ނޫން ކަމަށާއި އެހެންކަމުން އީރާނަށްވެސް ދައުވަތު ދެއްވާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ގޮތުން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގައި ޤައުމުތަކުގެ އަޑު އައްސަވާނެ ކަމަށާއި ހައްޖުގެ ކަންކަން ވީހައި ފުރިހަމައަށް ގެންދެވުމަސްޓަކައި ކުރެއްވެވެން ހުރި ހުރިހައި ކަންކަން ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވަނީ ރާވާ އިންތިޒާމުން ބޭރުން ގިނަ ބައަކު ޠަވާފުކުރުމާއި ހިލައުކުން ފަދަ ކަންކަމުގައި އަމަލުކުރާތީ ކަމަށެވެ. އެ މައްސަލަތައް ހައްލުކުރައްވަން ޤައުމުތަކުގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށެވެ.

ކުރީ އަހަރުގެ ހައްޖުގައި މައްސަލަތަކެއް ދިމާވި ނަމަވެސް އެންމެ ފަހުގެ ހައްޖުގައި ކަންކަން ކުރިއަށް ދިއައީ ވަރަށް ފުރިހައަށްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން