އދ އިން އިޒްރޭލާ ދެކޮޅަށް ފާސްކުރި ޤަރާރުގެ ސަބަބުން ފީފާއަށް މައްސަލަތައް ކުރިމަތިވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އދ އިން އިޒްރޭލާ ދެކޮޅަށް ފާސްކުރި ޤަރާރުގެ ސަބަބުން ފީފާއަށް މައްސަލަތައް ކުރިމަތިވެއްޖެ
އދގެ ސެކިޔުރިޓީ ކައުންސިލުން އިޒްރޭލާއި ދެކޮޅަށް ދާދިފަހުން ފާސްކުރި ޤަރާރުގެ ސަބަބުން ފިފާއަށް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

އެ ޤަރާރުގައި ވަރަށް ސާފުކޮށް ފަލަސްޠީނުގެ ފޭރިގެންފައިވާ ބިންތަކުގެ ވާހަކަ ބަޔާންކޮށްފައި އޮތްއިރު ފޭރިގެންފައިވާ ބިންތަކުގައި ފީފާގެ މެންބަރުކަން ހޯދައިގެން ތިބި 6 ކްލަބެއް ހިމެނެއެވެ. ފޭރިގަނެފައިވާ ބިންތަކުގައި ފީފާގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ފީފާގެ ޤަވާއިދު ތަންދޭ ކަމެއް ނޫނެވެ.

ފީފާ އިން ބުނެފައިވަނީ އިޒްރޭލުގެ ޓީމުތަކުގެ މައްސަލަތަކުގައި އިޒްރޭލާއިއެކު ބައްދަލުވުމެއް ބާއްވަން ދާދި ކައިރިވެފައިވަނިކޮށް އދ އިން ފާސްކުރި މިޤަރާރުގެ ސަބަބުން މައްސލަތައް އިތުރަށް ގޯސްވެއްޖެ ކަމަށެވެ.

ވެސްޓް ބޭންކުގައި ޤާއިމުވެގެން ތިބި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިހާރު ވަނީ މި މައްސަލަ ފީފާގެ ސަމާލުކަމަށް ގެންގޮސްފައެވެ.

އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި 400،000 އަށްވުރެ ގިނަ ޔަހޫދީން ވަނީ ވަޒަންވެރިކުރުވައިފައެވެ. އެހެންކަމުން އދގެ ޤަރާރުގެ ސަބަބުން އެ ބިންތަކުގައި ވަޒަންވެރިވެގެން ތިބި ޔަހޫދީންނަށް ތަފާތު މައްސަލަތައް ދާނީ ކުރިމަތިވަމުންނެވެ.
މިއަދު އޮންލައިން