އީޔޫ އިން ވެސް ބޭނުންވަނީ ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ދޭން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 45ސ
އީޔޫ އިން ވެސް ބޭނުންވަނީ ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ދޭން!
ޔޫރަޕިއަން ޔޫނިއަން (އިޔޫ) އިންވެސް ބޭނުންވަނީ ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ދީ އިޒްރޭލަށްވެސް ލިބިގެންވާ ހުރިހައި ހައްޤުތަކެއް ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ޙޯދައިދިނުމަށް ކަމަށް އީޔޫ އިން ބުނެފިއެވެ.

އީޔޫގެ ތަރުޖަމާނު އިއްޔެ ބުނީ އޮބާމާގެ ސަރުކާރުން މިހާރު އިސްކަންދޭ ފަދައިން އިޒްރޭލާއި ފަލަސްޠީނަކީ މުޅިން ވަކި ދެދައުލަތަށް ހަދަން އީޔޫ އިންވެސް ތާއީދުކުރާބ ކަމަށާއި މައްސަލައަށް އެނޫން ޙައްލެއް ނެތް ކަމަށެވެ.

ތަރުޖަމާނު މާޖާ ބުނެފައިވަނީ މިއީ އިޒްރޭލާއި ފަލަސްޠީނާއި ދެމެދުގައި މަޝްވަރަކޮށްގެން ހައްލު ހޯދަންޖެހޭ ކަމެއް ކަމަށެވެ. އަދި މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަމުގައި އީޔޫ އިން އިހްމާލް ނުވާނެ ކަމަށެވެ.

މިފަދަ ބަޔާންތައް އެކި ފަރާތްތަކުން ދޭތެރެދޭތެރެއިން ނެރުނު ނަމަވެސް މަޝްވަރާގެ މޭޒުދޮށަށް އިޒްރޭލު ގެނައުމުގައި ދުނިޔެ ވަނީ ވަރަށް ބޮޑަށް ނުކުޅެދިފައެވެ.
މިއަދު އޮންލައިން