ތެލުގެ އަގު ބާޒާރުގައި އުފުލިގެން ހިނގައިދާނެ ކަމަށް ބެލެވުނު ނަމަވެސް އަންނަ އަހަރު ނިމޭއިރު ބޮޑުވެގެން އުފުލޭނީ ފިފާއެއް 60 ޑޮލަރަށް ކަމަށް ރޮއިޓަރސް އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގައި ބުނެފައިވަނީ ޢާންމު ގޮތެއްގައި އަންނަ އަހަރު ތެލުގެ އަގު ހުންނާނީ ފީފާއެއް 56.90 ޑޮލަރުގައެއެވެ. މިއީ ކުރިން އަންދާޒާކުރި 57.01 ޑޮލަރަށްވުރެ 11 ސެންޓު ކުޑަ އަގެކެވެ.
2001 ވަނަ އަހަރުން ފެށިގެން ތެޔޮ އުފައްދާނެ މިންވަރެއް ކަނޑައެޅުމުގައި ޤައުމުތައް ވަނީ ފެއިލްވެފައި ނަމަވެސް ޖަނަވަރީ މަހުން ފެށިގެން ތެޔޮ އުފައްދާނެ އަދަދުތަކަކަށް މިހާރު ވަނީ އެއްބަސްވެފައެވެ.
ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލް ކުރަން ނިންމުމުން އަގުތައް އިންތިހާއަށް އުފުލޭނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އިޢާދަ ކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުވަމުން އަންނާތީ ބޭނުންހައި ވަރަކަށް ތެލުގެ އުފުލުމުގައި ވަނީ މިހާރުވެސް ހުރަސްތައް އެޅިފައެވެ.