ދައްތަ އާއި ކައިވެނިކުރުމުގެ ދަހިވެތިކަމުގަ 36 އަހަރުގެ މޮޔައަކަށް 13 އަހަރުގެ އަންހެން ދަރި "ވިއްކާލައިފި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދައްތަ އާއި ކައިވެނިކުރުމުގެ ދަހިވެތިކަމުގަ 36 އަހަރުގެ މޮޔައަކަށް 13 އަހަރުގެ އަންހެން ދަރި "ވިއްކާލައިފި.
މޮޔައެއްގެ ދައްތަ އާއި ދެ އަންބަށް ކައިވެނިކުރުމުގެ ދަހިވެތިކަމުގައި 13 އަހަރުގެ އަންހެން ދަރިފުޅު 36 އަހަރުގެ މޮޔައަކަށް "ވިއްކާލައި" ކައިވެނިކޮށްދީފިއެވެ.

ޕާކިސްތާނުގެ މުޙައްމަދު ރަމަޒާން އަކީ އަޑު ނުއިވޭ އަދި ވާހަކަ ނުދެއްކޭ މީހެކެވެ. އަދި ކުޑަކުއްޖެއްގެ ވިސްނުން ހުންނަ މީހެކެވެ. ކޯޓުގައި ބޭއްވި ކައިވެނީގެ މަޖިލީހުގައި އޭނާއަށް ކުރެވުނު ކަމަކީ އަންހެން ކުއްޖާއަކީ އުމުރުން 13 އަހަރުގެ ކުއްޖެއް ކަމާއި އޭނާއަކީ އަންހެން ކުއްޖާއަށްވުރެ މާ ދޮށީ މީހެއްކަން އިޝާރާތުން ދެއްކުމެވެ. އަންހެން ކުއްޖާގެ ބައްޕަ ވަޒީރު އަހްމަދު ބުނީ އަންހެން ކުއްޖާގެ އުމުރަކީ 14 އަހަރު ކަމަށެވެ.

ވަޒީރު ދެވަނަ އަންބަކު ބޭނުންވީ އޭނާގެ ދޮށީ އަނބިމިހާއަށް ލިބެނީ ހުސް އަންހެން ދަރިންކަމަށްވުމުން ފިރިހެން ދަރިއަކު ހޯދުމަށެވެ. ރަމަޒާންގެ ދައްތަ އާއި ދެއަންބަށް ކައިވެނިކުރަން އެދުމުން ދައްތަ ބުނީ އޭނާއަށް ކައިވެނިކުރެވޭނީ އޭނާގެ މޮޔަ ކޮއްކޮ ބަލަހައްޓާނެ އަންހެނަކު ލިބުމުން ކަމަށެވެ. އެހެންކަމުން ވަޒީރުގެ އެންމެ ދޮށީ އަންހެން ދަރިފުޅާއި ރަމަޒާން އާއި ކައިވެނިކުރުވީއެވެ.

ވަޒީރު ބުނީ އޭނާގެ ދަރިން ކައިވެނި ކުރުވާނެ މީހުން ކަނޑައެޅުމަކީ އޭނާއަށް ލިބިގެންވާ ހައްޤެއް ކަމަށެވެ. ނަމަވެސް މިއީ މުސްލިމުންގެ މެދުގައި އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫނެވެ. އަންހެން ދަރިންގެ ކައިވެނި ކުރުވުމުގައި އޭނާއަށް މުޅި އުމުރުގައި ތަކުލީފަކަށް ވާނެ ގޮތަށް ކައިވެނި ކުރުވުމަކީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫނެވެ. ކައިވެނިކުރުވާއިރު އަންހެން ދަރިންގެ ރުހުންވެސް ހޯދަންޖެހެއެވެ.

ވަޒީރު އޭނާގެ އަމިއްލަ އެދުމަށް ދަރިފުޅު ބޮޑު "މުޞީބާތެއްގެ ތެރެއަށް ވައްޓައިލުވީއެވެ. މިފަދަ ކަންކަމަކީ ކުރެވިގެންވާނެ ކަންކަން ނޫންކަމަށް ބުނެ އެކި ޖަމާއަތްތަކުން ގެންދަނީ އަޑު އުފުލަމުންނެވެ.
މިއަދު އޮންލައިން