އުމުރުން 92 އަހަރުގެ މރ. ފެންގަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިއައީ ހިތުގެ ބައްޔަކަށެވެ. އުމުރުން 95 އަހަރުގެ މިސިޒް ފެންގަށް ފަރުވާދެމުން ގެންދިއައީ މައިބަދައަށް ލިބިފައިވާ އަނިޔާތަކަކަށެވެ.
ކައިވެންޏަށް 66 އަހަރު ފުރިފައިވާ ދެމަފިރިން އެޑްމިޓްކޮށްފައި ތިބީ ހޮސްޕިޓަލުގެ ދެ ބުރިއެއްގައެވެ. އެހެންކަމުން އެކަކު އަނެކަކަށް ނުފެންނަތާ މަހަކަށްވުރެ ގިނަ ދުވަސްވީފަހުން މރ. ފެންގ އެދުނީ އަނބިމިހާ އާއި ބައްދަލުކޮށްލުމަށެވެ.
މިސިޒް ފެންގ މރ. ފެންގ ކައިރިއަށް ގެންދިއައީ އޭނާގެ އެނދާއިއެކުގައެވެ. ދެއެނދު ކައިރިކޮށްލިވަގުތު ނުހަނު ލޯބިން ފިރިމިހާގެ އަތުގައި ހިފާލާފައި ބުނީ ކަންބޮޑުނުވުމަށެވެ. ގަދަވެގެން އެނބުރި ގެއަށް ގޮސް ފިރިމީހާ ހޯދާނެ ކަމަށެވެ.
ދެމަފިރިން ބައްދަލުވިތާ 2 ގަޑިއެއްހައިއިރުގެ ތެރޭގައި މރ. ފެންގ ވަނީ ދުނިޔެ ދޫކޮށްފައެވެ. ދެމަފިރިން ބައްދަލުވި ވަގުތު ދެމަރިރިންގެ ލޯބީގެ ގުޅުން ހާމަވުމުން ނަރުސް ކުއްޖާ އޭނާގެ ފޯނަށް ނަގާފައިވާ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.