އައްޑޫ ސިޓީ ހިތަދޫ، މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) އިން އެވޯޑުނައިޓެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްސީޔޫއިން ބުނީ އެވޯޑުނައިޓު ބާއްވާނީ އަންއަހަރުގެ ފެބުރުއަރީމަހުގެ 5 އިން 7 އަށް ބާއްވާ އަންހެނުންގެ ފުޓުސަލް މުބާރާތަށް ފަހު ކަމަށެވެ. އެމުބާރާތުގައި ވާދަކުރާނީ މުޅިންވެސް ހިތަދޫ ޓީމުތަކެވެ. "މުބާރާތަށްފަހު އެވޯޑު ނައިޓް ބާއްވާނީ. ބޭނުމަކީ އަންނަ އަހަރުގެ ކުރިއަށް ހުންނަ ކުޅިވަރު މުބާރާތްތަކުގެވެސް ފޯރި ގަދަކުރުން. ފުޓުސަލް މުބާރާތުގެ ނަތީޖާވެސް އިއުލާން ކުރާނީ އެވޯޑު ނައިޓުގައި،" އެމްސީޔޫގެ ޔޫތު ކޯޑިނޭޓަރ ޟިރާރު ބުންޏެވެ.
އޭނާ ބުނީ އެވޯޑުނައިޓުގައި، އެމްސީޔޫއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށްވެސް އެވޯޑުނައިޓުގައި ހަނދާނީ ލިޔުން ދޭނެކަމަށެވެ. އެމްސީޔޫއަކީ ހިތަދޫގައި މިހާރު ކުރިއަރަމުން އަންނަ އަމިއްލަ ޖަމްއިއްޔާއެކެވެ.