ރާނީ އަވަހާރަނުވާ ކަމަށް ބަކިންހަމްޕެލަސް އިން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ރާނީ އަވަހާރަނުވާ ކަމަށް ބަކިންހަމްޕެލަސް އިން ބުނެފި
އިނގިރޭސި ވިލާތުގެ ރާނީ ކްއީން އެލިޒަބަތު އަވަހާރަ ވެއްޖެ ކަމަށް ފެތުރުނު ޚަބަރަކީ އެއްވެސް ހަޤީގަތެއް ނެތް ވާހަކައެއް ކަމަށް ބަކިންހަމް ޕެލަސްއިމް ހާމަކޮށްފިއެވެ.

ރާނީ އަވަހާރަ ވެއްޖެ ކަމަށްބުނެ ބީބީސީގެ ނިއުސް އެކައުންޓެއް ކަމަށް ބުނާ "ފޭކް" އެކައުންޓަކުން ރޭވަނީ ސޯޝަލް މީޑިއާގައި މިޚަބަރު ފަތުރައިފައެވެ. އެހެންނަމަވެސް މި ވާހަކަ ތަކަކީ އަސްލެއް ނެތް ވާހަކަ ތަކެއް ކަމަށް ބުނެ ބަކިންހަމް ޕެލަސް އިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

މި ފަދަ ވާހަކަތައް ދައްކަން ފަށައިފައި މިވަނީ "ކްރިސްމަސް" ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއަށް ސަންޑްރިންގްހަމް ޕެލަސް އަށް ވަޑައިނުގެނެވުމުން ކަމަށް އެބަޔާނުގައި ވެއެވެ. އެތަނަށް ވަޑައި ނުގަނެވުނީ އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

އެކަމަނާގެ ސިއްހީ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ރާނީ، ރާނީގެ ގޮތުގައި ފެނިގެން ދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިއެވެ.
މިއަދު އޮންލައިން