އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ، ކޮންމެ ހަތަރު ގަޑި އިރުގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ނިއުދިއްލީގެ ޕޮލިހުން މައުލޫމާތު ދެއްވާފައިވާ ކަމަށް ދަނިއުސް އިން ބުނެފިއެވެ.
ނިއުދިއްލީގައި ހިންގާފައިވާ ކުށްތަކުގެ މައުލޫމާތުތައް، ޕޮލިހުން ހާމަކޮށް ފައިވާ ގޮތުގައި، 2015 ވަނަ އަހަރާ އަޅައި ބަލާއިރު 2016 ވަނަ އަހަރުހިންގާފައިވާ ކުށްތައް މަދު ކަމަށެވެ.
ނިއުދިއްލީ ޕޮލިހުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި މި އަހަރު ތެރޭގައި، ނިއުދިއްލީގައި ޖިންސީ ގޯނާގެ ގޮތުގައި 2،029 މައްސަލަ ޕޮލިހަށް ހުށަހެޅިފައިވެއެވެ. މި މައްސަލަ ތަކުގެ ތެރެއިން މިހާތަނަށް ނިންމައި ފައިލް ކުރެވިފައިވަނީ 1،744 މައްސަލައެއްކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ނިއުދިއްލީގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގެ ރޭ އަންހެނުންނަށް ކޮށްފައިވާ ޖިންސީ ގޯނާގެ ވާހަކަ އަކީ މުޅިދުނިޔެ ސިއްސުވާލި ވާހަކަ އެކެވެ. އުމުރުން 23 އަހަރުގެ ޖޯތީ ސިންގް ގެ އިއްފަތް ތެރިކަން ހަމީހަކު ވެގެން ފޭރިގަނެ އޭނާގެ ހަށިގަނޑަށް އެތައް އަނިޔާ އެއްކޮށް މަގުމައްޗަށް އެއްލާލާފައި ވެއެވެ. ޖޯތީ މަރުވެފައިވަނީ އެކަމަށް ފަރުވާ ހޯދަމުން ދިޔަތާ 13 ދުވަސް ފަހުން ނެވެ.
އެމެރިކާ އަންހެނަކު ރޭޕްކުރި މައްސަލަ އެއްގައި، ދިއްލީ ޕޮލިހުން ވަނީ ވަރަށް ފަހުން ވެސް ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ.
މި އަންހެންމީހާ އަކީ ދިއްލީއަށް ގޮސް އުޅުނު ފަތުރު ވެރިއެއް ކަމަށް ވެސް މީޑިއާގައި ޚަބަރު ފަތުރާފައި ވެއެވެ.