އިންޓަރސްކޫލް ރޯވިން މުބާރާތް އައްޑޫގައި ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އިންޓަރސްކޫލް ރޯވިން މުބާރާތް އައްޑޫގައި ފަށަނީ
އިންޓަރ ސުކޫލް ރޯވިން މުބާރާތް އައްޑޫސިޓީގައި ބާއްވާ ގޮތަށް ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މުބާރާތް ބާއްވާނީ އަންނައަހަރުގެ މާޗުމަހުގެ 11 އިން 12 އަށް ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީޚެއްގެ ގޮތުގައި އަދި ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީމަހުގެ 12 ގެ ކުރިއެވެ.

މި މުބާރާތް ކުރިއަށް ގެންދާނީ 2 އުމުރު ފުރައަކަށް ކުދިން ބަހައިގެންނެވެ. އެއީ 14 އަހަރުންދަށާއި، 14 އަހަރުން މަތީގެ އުމުރުފުރައިގެ ކުދިންނެވެ. ކޮންމެ އުމުރު ފުރާއަކުންވެސް ވާދަކުރެވޭނީ ދެޖިންސް ވަކިންނެވެ. ކޮންމެ ސުކޫލަކުން ބައިވެރި ކުރެވޭނީ ކޮންމެ އުމުރު ފުރާއަކުން ކޮންމެ ޖިންސަކުން ރިޒާވަރަކާއި އެކު 5 ކުދިން ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ. މުބާރާތާ ގުޅޭ އެންޓްރީ ފޯރމް ފަހުގެ ތާރީޚެއްގައި ސުކޫލުތަކަށް ދެއްވާނެ ކަމަށްވެސް އެ އެސޯސިއޭޝަނުންވަނީ ވިދާޅުވެފައެވެ.

މުބާރާތަށް ތައްޔާރުވުގެ ގޮތުން ކުދީން ތަމްރީން ކުރުމަށް އެސޯސިއޭޝަނުގެ އެހީތެރިކަންވެސް ލިބޭނެއެވެ. އިތުރު ތަމްރީން ތައް ބޭނުންވާ ސުކޫލްތަކަށް ވަކިވަކި ކޯޗުން ހަމަޖެއްސުމުގެ އިޚްތިޔާރު ސްކޫލްތަކަށް އޮންނާނެއެވެ.
މިއަދު އޮންލައިން