ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މަރާލައިފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މަރާލައިފި.
ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ މަންޖޫރުލް އިސްލާމް މަރައިލައިފިއެވެ.

އޭނާ މަރައިލައިފައިވަނީ އަމިއްލަ ގޭގައި އުޅުއްވަނިކޮށް ތިން މީހަކު އެގެއަށް ވަދެ ފިސްތޯލައިން ހަމަލަދީގެންނެވެ. މި ޙާދިސާގައި،އޭނާ މަރުވެފައިވަނީ ބަންގްލަދޭޝްގެ ރަންގްޕޫރު ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށް ކަމަށް ބީ.ބީ.ސީން ބުންޏެވެ.

އެ ހޮސްޕިޓަލާ ހަވާލާދީ ބީބީސީ ގައި ބުނެފައި ވަނީ ފަސް ފަހަރެއްގެ މަތިން އޭނާގެ ހަށިގަނޑަށް ބަޑިޖަހާފައިވާ ކަމަށެވެ.

މި ހަމަލާ ދިން މީހުންނަކީ ކޮބައިކަން އަދިނޭގޭ ކަމަށާއި ހަމަލާ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް އެ ގައުމުގެ ފުލުހުންނާ ހަވާލާ ދީ އެ ނޫހުގައި ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އެ ހިސާބުގައި ހަމަނުޖެހުން އުފެދިފައިވާކަމަށް ވެސް ބީބީސީގައި ބުނެފައިވެއެވެ.

މެމްބަރު މަންޖޫރުލް އިސްލާމް ވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، ސުކޫލް ކުއްޖެއްގެ ގަޔަށް ބަޑިޖެހި މައްސަލައެއްގައި ބަންދު ކުރެވިފައެވެ. އެހެން ނަމަވެސް "ބެއިލް" ގެ ދަށުން އޭނާ ވަނީ ދޫކޮށްލެވިފައެވެ.
މިއަދު އޮންލައިން