ދުއިސައްތަ ފަންސާސް ފަތުރުވެރިން ގޮވައިގެން ދަތުރުކުރި އިންޑޮނޭސިއާގެ ކަނޑު ބޯޓެއްގައި އަލިފާން ރޯވެ 23 މީހުން މަރުވެއްޖެއެވެ.
މިއަދު ހިނގި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ބޯޓު މައުރާ އަންކެ ގެ ބަނދަރުން ދަތުރުފެށީ ޖަކާޓާހެ އިތުރުން އޮންނަ ޜަށަކަށް ދިއުމަށެވެ. ފުރިތާ ކުޑައިރުކޮޅެއްގެތެރޭގައި ފެންނަން ފެށީ ބޯޓުން އޮލަ ދުންތަކެއް ބޭރުވާތަނެވެ.
ސަލާމަތްވި މީހަކު ބުނީ ދުން އަރާތަން ފެނުމުން އެންމެން ވެގެން ފެންޖަހަން މަސައްކަތްކުރަނިކޮށް ތެޔޮ ޓޭންކުގައި އަލިފާންރޯވެ ހުޅުގަނޑު ބޮޑުވީއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑޮނޭސިއާގައި މިފަދަ ހާދިސާތައް ހިގުން އިތުރުވަނީ ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ނުބެލުމުންނެވެ. ބޯޓަށް އަރަން ހުއްދަ އޮންނަ ވަރަށްވުރެ އިތުރަށް މީހުން އެރުވުމާއި އަރުވާ ފަސިންޖަރުންގެ އަދަދަށް ލައިފް ޖެކެޓުވެސް ނުހުންނަކަން ފާހަގަކުރެއެވެ.