ގަވާއިދާ ޚިލާރަށް އިންޑިއާއަށް ރަން އެތެރެކުރަން އުޅުނުމީހަކު ހައްޔަރު ކޮށްފިއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ޗެންނާއީ ޑިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީ އާރް އައި) އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 31 އަހަރުގެ މުޖީބުއް ރަޙްމާނު ކިޔާ މީހެކެވެ. މިއަދުގެ ވަގުތެއްގައި ހައްޔަރު ކުރެވުނު މި މީހާގެ އަތުން 8.7 ކިލޯ ގެ ރަން ފެނިފައިވެއެވެ. އެ ރަނުގެ އަގު 2.44 ކުރޯޑު އިންޑިއަން ރުޕީސް އަށް އަރާނެ ކަމަށް ބެލެވެއެވެ.
ޑީ އާރް އައި އިން ހިންގި ޚާއްސަ އޮޕަރޭޝަންގައި، މި މީހާ ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ ނާގަޓްޗީގެ ހައިވޭ އިން އޭނާ ކާރެއްގައި ދަނިކޮށް ހުއްޓުވައިގެންނެވެ.
ގަވާއިދާ ޚިލާފަށް އިންޑިއާ އަށް އެތެރެ ކުރަން އުޅުނު މިރަނަކީ ސްރީލަންކާއިން ސްމަގުލްކުރި ރަންތަކެއް ކަމަށް ޑީ އާރް އައި އޮފިޝަލުން މައުލޫމާތު ދެއްވާފައިވެއެވެ.
މިރަން ހިފައިގެން ދިޔުމަށް ހަމަޖައްސާފައި އޮތީ އިންޑިއާގެ ޓްރިޗަޕައްލީ އަށް ކަމަށް ވެސް އިންޑިއާގެ ކަމާބެހޭ ފަރާތުން ހާމަކޮށްފައިވެއެވެ.