އާއަހަރާ ދިމާކޮށް އިޒްރޭލުން އިންޑިއާގެ މުސްލިމުންނަށް ހުރަސްތަކެއް ކުރިމަތިކުރުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އާއަހަރާ ދިމާކޮށް އިޒްރޭލުން އިންޑިއާގެ މުސްލިމުންނަށް ހުރަސްތަކެއް ކުރިމަތިކުރުވައިފި
އިޒްރޭލުން މީލާދީ އައު އަހަރާއި ދިމާކޮށް އިންޑިއާގެ މުސްލިމުންނަށް ހުރަސްތަކެއް ކުރިމަތިކުރުވައިފިއެވެ.

ދިއްލީގައި އިޒްރޭލް އެމްބަސީން ބުނެފައިވަނީ އައު އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން އެއްވެ އުޅޭ ސަރަހައްދުތަކަށް ހަމަލާދޭން މުސްލިމުން ރާވަމުން ގެންދާ ކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އިންޑިއާގައި ތިބި ޔަހޫދީ ފަތުރުވެރިން އެކަމަށް ސަމާލުކަން ދިނުމަށެވެ.

އިޒްރޭލުގެ މި ބަޔާނާއި ގުޅިގެން އިންޑިއާ ސިފައިވަނީ ގޮނޑުދޮށްތަކާއި އެނޫންވެސް ފަތުރުވެރިން އެއްވެ އުޅޭ ތަންތަން ޚާއްޞަ ގޮތެއްގައި ބަލަހައްޓާފައެވެ. އަދި އެ ސަރަހައްދުތަކަށް ދާ މުސްލިމުންނަށް ވަނީ މައްސަލަތައް ކުރިމަތިކުރުވައިފައެވެ.

މިފަދަ ބަޔާންތައް ނެރުމަށްފަހު އަމިއްލައަށް ރާވައިގެން ކަންކަން ކުރުމަކީ ވެސް އިޒްރޭލުން ޢާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
މިއަދު އޮންލައިން