ބަހްރައިންގެ އެންމެ ބޮޑު ޖަލު ފަޅާލައި ޓެރަރިސްޓުންތަކަކާ ކުށްވެރިންތަކެއް ފިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބަހްރައިންގެ އެންމެ ބޮޑު ޖަލު ފަޅާލައި ޓެރަރިސްޓުންތަކަކާ ކުށްވެރިންތަކެއް ފިލައިފި
ބަހުރައިނުގެ މައި ޖަލު ފަޅާލައި ގިނަ އަދަދެއްގެ ޓެރަރިސްޓުންނާއި ކުށްވެރިންތަކެއް ފިލައިފައެވެ. ބަހުރައިންގެ ދެކުނު ސަރަހައްދުގައި ހުންނަ މިޖަލުން ބައަކު ރޭ ފިލާފައިވަނީ ބަލަހައްޓަން ހުރި ފުލުސް މިހާއަށް ހަމަލަދީ މަރައިލުމަށްފަހުއެވެ.

ހޯމް މިނިސްޓްރީން ބުނީ ފިލި މީހުން ހޯދަން ޚާއްޞަ އޮޕަރޭޝަންތަކެއް މިހާރު ފަށާފައިވާ ކަމަށާއި ބަހުރައިނުން ބޭރުވުމުގެ ފުރުޞަތު އެމީހުންނަށް ނުދިނުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މިފަދަ އަމަލެއް ހިންގެން ޖެހުނު ސަބަބު ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމުގައި އިހްމާލްވާ ޖަލުގެ މުވައްޒިފުންގެ ފަރުވާކުޑަކަން ފާހަގަކުރާ ކަމަށެވެ.

މިޖަލަކީ ގިނަ އަދަދެއްގެ ބޮޑެތި ކުށްވެރިން ބަންދުކޮށްފައި ބައިތިއްބާ ޖަލެކެވެ. ފިލާފައިވަނީ ކިތައް ކުށްވެރިކަން ހޯމް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ. މިފަދަ ކަމެއްގެ ސަބަބުން މުޖުތަމައުއަށް ބިރުވެރިކަން ކުރިމަތިވިއަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން