އިސްތަންބޫލް ނައިޓް ކްލަބަށް ދިން ހަމަލާގަ އިންޑިއާގެ ފިލްމް ޕްރޮޑިޔުސަރ އަބިސް ރިޒްވީ މަރުވުމުން ބޮލީވުޑް ރަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އިސްތަންބޫލް ނައިޓް ކްލަބަށް ދިން ހަމަލާގަ އިންޑިއާގެ ފިލްމް ޕްރޮޑިޔުސަރ އަބިސް ރިޒްވީ މަރުވުމުން ބޮލީވުޑް ރަތަށް!
މީލަދީ އައު އަހަރު ފާހަގަކުރަން ތުރުކީގެ އިސްތަންބޫލުގެ ނައިޓް ކްލަމެއްގައި ތިއްބައި އެތަނަށް ދިން ހަމަލާގައި އިންޑިއާގެ ފިލްމް ޕްރޮޑިޔުސަރުންގެ ތެރޭގައި ހިމެނޭ އަބިސް ރިޒްވީ މަރުވުމުން ބޮލީވުޑްގެ ތަރިންތައް ރަތަށް އަރައިފިއެވެ.

ބައެއް ތަރިން ބުނެފައިވަނީ އަބިސް މަރުވީ މާއަވަހަށް ކަމަށާއި އެއީ ބޮލީވުޑަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. ބައެއް ތަރިން ވަނީ ހަމަލާދިން ފަރާތާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

އަބިސް ރިޒްވީއަކީ ފިލްމް ޕްރޮޑިޔުސަރެއްގެ އިތުރުން މަޝްހޫރު މުއްސަނދި ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ އޭއާރުއެފް ފިލްމްސް (އަބިސް ރިޒްވީ ފިލްމްސް) ގެ ނަމުގައި ފިލްމް އުފައްދާ ކުންފުންނެއްވެސް އުފައްދައިފައަވެ.

އަބިސް ދުނިޔޭގެ އަލިކަން ދެކެފައިވަނީ 1967 ވަނަ އަހަރުއެވެ.
މިއަދު އޮންލައިން