ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންހް ރާއްޖެއިން ދާން ބޭނުން ނޫން ކަމަށް ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންހް ރާއްޖެއިން ދާން ބޭނުން ނޫން ކަމަށް ބުނެފި
ބޮލީވުޑްގެ ކޮމެޑި ޝޯވތަކުން މަޝްހޫރުކަން ހޯދާފައިވާ ކޮމީޑިއަން ބާރްތީ ސިންހް ރާއްޖެއައީ ޢާއިލާ އައިއެކު ޗުއްޓީ ހޭދަކުރުމަށެވެ. ނަމަވެސް މިހާރު އޭނާ ބުނަނީ ރާއްޖެއިން އެނބުރި ދާން ބޭނުން ނުވާ ކަމަށެވެ.

އިންސްޓަގްރާމަށް ފޮޓޯއެއް ލުމަށްފަހު ބާރްތީ ބުނެފައިވަނީ "އައިޑޯންތް ވޯންޓް ޓު ގޯ ހޯމް ޕްލީޒްޒްޒްޒްޒް. އައި ލަވް މޯލްޑިވްސް. ފެމިލީ. ނިވްއިޔަރ ސީޒަން" އެވެ.

(އަހަރެން އެނބުރި ދާކަށް ބޭނުމެއް ނޫން. އަހަރެން ރާއްޖެދެކެ ވަރަށް ލޯބިވޭ. އަހަރެން މިހިރީ ޢާއިލާއާއިއެކު. މިއީ ޗުއްޓީ މޫސުން.)
މިލާދީ އައު އަހަރަށް މިފަހަރު ގިނަ ތަރިން ތިބީ އިންޑިއާގައެވެ. ނަމަވެސް ބައެއް ތަރިން ވަނީ ސިއްރުން ނަމަވެސް ރާއްޖެ އައިސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދު އޮންލައިން