އިންޑިއާގެ ކެރަލާ ސްޓޭޓުން އަހަރަކު 1000 އަށްވުރެ ގިނަ މީހުން ފައުޅުގައި އިސްލާމްވަމުންދާކަން އިންޑިއާގެ އިންޓެލިޖެންސް ރިޕޯޓަކުން ހާމަވެއްޖެއެވެ.
ކެރަލާ ޕޮލިސް ޗީފަށް ހުށަހެޅި މި ރިޕޯޓުގައި ބުނެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ކޯޒީކޯޑެ އާއި މައްލަޕުރަމް އާއި ދެ ދެ އަވަށުގެ އިސްލާމީ މަރުކަޒުތަކުގައި 5،793 މީހުން އިސްލާމްވެފައިވާ ކަމަށާއި ސިއްރިޔާތުގައި ގިނަ ބައަކު އިސްލާމް ވަމުން އަންނަ ކަމަށެވެ.
މި ރިޕޯޓް ބުނާ ގޮތުން އިސްލާމް ވި މީހުންގެ 76 އިންސައްތައަކީ އުމުރުން 35 އަހަރުން ދަށުގެ މީހުންނެވެ. 4719 މީހުންނަކީ ހިންދޫންނެވެ. 1073 މީހުންނަކީ ކްރިސްޓިއަނުންނެވެ.
މިއެންމެންނަކީ މީހުން އިސްލާމް ދީނަށް ވެއްދުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ދެ މަރުކަޒުގައި އިސްލާމްވި މީހުންނެވެ. ތަފަތު ސަބަބުތަކަސްޓަކައި އެފަދަ މަރުކަޒުތަކަށް ނުގޮސް ދީނީ އިލްމުވެރިންގެ ގާތަށް ގޮސް އިސްލާމްވާ މީހުންވެސް ވަރަށް ގިނައެވެ.