އެޓޯލްސް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
އެޓޯލްސް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި
އެތުލެޓިކްސް އެސޯސިއޭޝަނުން މިއަހަރު ބާއްވާ އެޓޯލްސް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި މިމުބާރާތް ބޭއްވުމަށް ހަމަޖެއްސުމަށްފަހު އެކަމާބެހޭ މަޝްވަރާތައް އެތުލެޓިކްސް އެސޯސިއޭޝަނުންވަނީ އައްޑޫ ސިޓީކައުންސިލާއެކު ބާއްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ އެ މުބާރާތް އައްޑޫގައި ބާއްވާއިރު އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި، އެކަމުގައި ސިޓީކައުންސިލުން ދެވިދާނެ އެހީތެރި ކަމާ ބެހޭ ގޮތުންނެވެ.

ސިޓީ ކައުންސިލު އިދާރާގައި އިއްޔެ ބޭއްވި މިބައްދަލުވުމުގައި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ތަލާލާއި، އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު އޮންލައިން