"ނެރެފިޒެފިޔާ އަންޑަރ 15 ކަޕް" ގެ ނަމުގައި އައްޑޫސިޓީގައި ފުޓުސަލް މުބާރާތެއް އިއްޔެ ފަށައިފިއެވެ.
މިއި 15 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ހިތަދޫގައި ބާއްވާ މުބާރާތެކެވެ. އަމިއްލަ ޖަމްއިއްޔާ އަކުން އިސްނަގައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ މަގުސަދަކީ ފުޓުސަލް އާލާކޮށް ދިރުވުމާއި ކުދިންގެ ހިތްތަކުގައި ކުޅިވަރަށް ލޯބިޖައްސައި ކުޅިވަރުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށްދިނުމެވެ.
މި މުބާރާތަތުގައި 6 ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު މެޗުގައި ބައްދަލުކުރީ އެފްސީ އުސްގަނޑަ އާއި، އެފްސީ ސްކޫޕް ކަންމަތި އެވެ. އެ މެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ އެފްސީ އުސްގަނޑައެވެ. މިއަދު ކުޅުނު މެޗުގައި ބައްދަލުކުރީ އެފްސީ ރެސްޕެކްޓާއި، އެސްނިއު ޖަނަރޭޝަންއެވެ. މިމެޗު 8-2 އިން ކާމިޔާބުކުރީ އެކްސްނިއު ޖެނެރޭޝަންއެވެ.