ބެންގަލޫރު: އަންހެނުންނަށް އަނިޔާކުރާ ޖަންގައްޔަކަށް- އާއަހަރު ރޭ އެކަނިވެސް 756 މައްސަލަ ފުލުހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބެންގަލޫރު: އަންހެނުންނަށް އަނިޔާކުރާ ޖަންގައްޔަކަށް- އާއަހަރު ރޭ އެކަނިވެސް 756 މައްސަލަ ފުލުހުންނަށް!
އިންޑިއާގެ ސިޓީތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ްސިޓީކަމަށްވާ ބެންގަލޫރަކީ އަންހެނުންނަށް އަނިޔާކުރާ ޖަންގައްޔަކަށް ބަދަލުވެއްޖެއެވެ. މިނިވަންކަން އިންތިހާއަށް އޮތުމުންނާއި ތަހުޒީބުވެފައިވާ މިންވަރު ބޮޑުކަމުން އަންހެން ކުދިން އެކަނި ބޭރަށް ނުކުމެ އުޅޭކަށް ވަކި ވަގުތެއްވެސް ނުއޮވެއެވެ. އަދި އެފަދަ ކުދިންގެ ގެއަށް މަގުމަތީގައި އަރައިގަނެ ހިތަށް އެރިހައި ކަމެއް ކުރަން ވެސް ވަކި ވަގުތެއް ނެތެވެ.

މީލާދީ އައު އަހަރު ފެށުނުރެއަށް އެކަނި ބެލި ނަމަވެސް ފުލުހުންނަށް ވަނީ 756 މައްސަލަ ހުށަހަޅައިފައެވެ. މަގުމަތިން ހުއްޓުވައި އަރައިގަތުމުގެއެވެ. ފުލުހުންނަށް ތިބެންޖެހުނީ ހާސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ.

އެރޭ ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ނިވާކަން ކުޑަ ހެދުމެއްގައި ކްލަބަކަށް ދިއަ ޒުވާން އަންހެން ކުއްޖަކާއި ދިމާއަށް މިނިސްޓަރަކު އޭނާ ހުރީ "ބަރަހަނާކޮށް" ކަމަށާއި އެހެން ހުރުމުން ފިރިހެނުންގެ ހަމަލާތައް އަމާޒުވާނެކަމަށް ބުނުމުން އަންހެން ކުއްޖާ ރުއިކަމުގެ މައްސަލައެވެ.

ސޯޝަލް މީޑިއާގައި މިނިސްޓަރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަންހެން ކުއްޖަކު ހިތުގައި ޖައްސައި ރޮއްވައިގެންނެވެ. އަންހެން ކުއްޖާއަށް އޭނާ ހުރި ހާލު އިހްސާސް ކުރެވުނީ މިނިސްޓަރު އެވާހަކަ ބުނުމުން ކަމަށް ވެދާނެއެވެ. އަދި ރޮވުނީ ހުރި ހާލު އެނގުމުން ކަމަށްވެސް ވެދާނެއެވެ.

އެންމެ ތަހުޒީބު މުޖުތަމައުތައް ކަމަށް ބުނާ އަދި ދިވެހިންގެ ގިނަ ބައަކު ދިރިއުޅޭ ބެންގަލޫރުގެ ހާލަކީ މިއީއެވެ. އެފަދަ ތަނަކަށް އަނބިންނާއި ދަރިން ދޫކޮށްފައި އަޅުގަނޑުމެން މިތިބެނީ ހަމަ ހެވިފައެވެ.

މިއަދު އޮންލައިން