އިދިކޮޅު މެންބަރުންގެ އަޑުއަހައިފިން- ޙައްލުކޮށް ނުދެވޭވަރުގެ މައްސަލައެއް ނެތް: ރަނިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އިދިކޮޅު މެންބަރުންގެ އަޑުއަހައިފިން- ޙައްލުކޮށް ނުދެވޭވަރުގެ މައްސަލައެއް ނެތް: ރަނިލް
ސްރީލަންކާ ޕާލަމެންޓްގައި ތިބި އިދިކޮޅު މެންބަރުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އައްސަވައިފިން ކަމަށާއި ހައްލުކޮށް ނުދެއްވޭ ވަރުގެ މައްސަލައެއް ނެތް ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރަނިލް މިއަދު ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެންބަރުން ތިބުމަކީ އެމީހުންގެ އަޑު ނުއަހައި ބާކީކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށާއި އެމަނިކުފާނުގެ ސަރުކާރަކީ އިދިކޮޅު މެންބަރުންވެސް ގޮވައިގެން ކުރިއަށް ދާނެ ސަރުކާރެއް ކަމަށެވެ.

ރަނިލް ވިދާޅުވީ އިދިކޮޅު މެންބަރުން ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ކިތަންމެ ވަރަކަށް ރޭވި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށާއި މަހިންދަ ރާޖަޕަކްސައަށް އިދިކޮޅު މެންބަރުންގެ އެއްވެސް މައްސަލައެއް ހައްލުވެސް ކޮށް ނުދެވޭނެ ކަމަށެވެ.

ރަނިލް ވިދާޅުވީ ހެންބަންޓޮޓާގައި ޤާއިމުކުރާ ފްރީ ޓްރޭޑް ޒޯނުގައި އިންވެސްޓްކުރާނެ ޗައިނާގެ 8 ކުންފުނި މިހާރު ވަނީ ކަނޑައަޅާފައި ކަމަށާއި ދެން އޮތީ އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށެވެ. އަދި ޤައުމުގެ ޖީޑީޕީ މަތިކުރަން ކުރެވޭ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށާއި ޖީޑީޕީ މަތި ކުރެވުމުން ޤައުމުގައި ދެވޭ އެންމެ ކުޑަ މުސާރައަކީ 300 ޑޮލަރުކަމަށް ކަނޑައަޅުއްވާނެ ކަމަށެވެ.
މިއަދު އޮންލައިން