ގުއަންޓަނަމޯބޭ ޖަލު ހުސްކުރަން މަސައްކަތް ކުރިނަމަވެސް 40 މީހުން "ތާށިވާނެ".

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ގުއަންޓަނަމޯބޭ ޖަލު ހުސްކުރަން މަސައްކަތް ކުރިނަމަވެސް 40 މީހުން "ތާށިވާނެ".
އެމެރިކާއިން ހިންގާ ގުއަންޓަނަމޯބޭ ޖަލު ހުސްކުރަން އޮބާމާގެ ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމާއިއެކުވެސް މިމަހުގެ 20 ވަނަ ދުވަހަށް މިހާރުގެ ސަރުކާރު ނިމުމަކަށް އަންނާނެއިރު 40 ވަރަކަށް ޤައިދީން ތާށިވެފައި ތިބޭނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

އެޖަލުގައި ތިބި ޔަމަނުގެ 4 ގައިދީއަކު ބުރާސްފަތި ދުވަހު ވެސް ވަނީ ސައުދިއަރަބިޔާއަށް ބަދަލުކޮށްފައެވެ. ސައުދިއަރަބިޔާއިން އެމީހުން ބަަލައިގަތީ ސަލްމާން ރަސްގެފާނުގެ ޚާއްޞަ އަމުރުފުޅަކަށެވެ.

ސަލްމާން ރަސްގެފާނު އެފަދަ އަމުރުފުޅެއް ނެރެދެއްވީ ޔަމަނުގެ ރައީސް ހާދީ އެކަމަށް އެދިވަޑައިގަތުމުންނެވެ. އަދި އެ 4 މީހުންގެ އާއިލާ ސައުދިއަރަބިޔާގައި ދިރިއުޅެމުން ގެންދާތީއެވެ.

ގިޓްމޯބޭ ޖަލުގެ މައްސަލައިގައި ޤައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ އެ ޖަލު ބަންދުކުރުމަށް އެމެރިކާއަށް ޕްރެޝަރު ކުރުވަމުންނެވެ.

އެހެންކަމާއިއެކުވެސް ރައީސްކަމަށް އިންތިޚާބުވެފައިވާ ޓްރަމްޕް ބޭނުންވަނީ އަދިވެސް އެޖަލު ހިންގައި އެތަނުގައި މީހުން ބަންދުކުރުމަށެވެ.
މިއަދު އޮންލައިން