މަސްހިފަން ޖަހާ ދަނގަޑެއް ވަދެ މޫނު ފޫއެޅި މީހަކު ސަލާމަތް ވެއްޖެއެވެ. މިހާދިސާ ހިނގަން މެދުވެރިވީ ބްރެޒިލްގެ ދެ ރަހްމަތްތެރިއަކު އެކުގައި މަސްހިފަން ގޮސްއުޅުމުގެ ތެރޭގައި އެކަކު މަހަށްޖެހި ދަނގަނޑެއް ކަސިޔާރުވެ އަނެކާގެ މޫނު ފޫއަޅައި ނުކުތުމުންނެވެ.
ސޯޝަލް މީޑިއާގައި ފުރަތަމަ ޢާންމުވެގެން ދިއައީ ދަނގަނޑާއިއެކު ގޮސް އޭނާ ހޮސްޕިޓަލުގެ ގޮނޑިއެއްގައި އިން ފޮޓޯއެވެ. އޮޕަރޭޝަނަށްފަހު ހަމަޖެހިލައި ހިނިތުންވެފައިވާ ފޮޓޯއެއްވެސް ވަނީ ޢާންމުވެފައެވެ.
ޑޮކްޓަރުން ބުނީ ދަގަނޑު ކުޑަތަންކޮޅެއް މަތިން ވަންނަމަ ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށެވެ.
ދިވެހި ޒުވާނުންވެސް ދަގަނޑު ޖަހައިގެން މަސް ހިފަމުން ގެންދާއިރު މިފަދަ ކަންކަމަށް ސަމާލުވުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. މަހެއް ނުހިފުނު ނަމަވެސް ލިބޭނެ ގެއްލުމެއް ނެތެވެ. ހަށިގަނޑާއިމެދު ރައްކާތެރިވުން ވަރަށް މުހިންމެވެ. ފުރާނައިގެ އަގު އަދި މާބޮޑެވެ.