އޮމާންގަ 1700 މީހުންނަށް އެއިޑްސް ޖެހިފަ- އަޅާލުމެއް ނުލިބޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އޮމާންގަ 1700 މީހުންނަށް އެއިޑްސް ޖެހިފަ- އަޅާލުމެއް ނުލިބޭ!
އޮމާންގައި އެއިޑްސް ޖެހިފައި ތިބި 1700 ވަރަކަށް މީހުން ތިބިއިރު އެމީހުންނާއި އެއްވެސް ބައަކު އަޅައިނުލާކަމުގެ މައްސަލަތަކެއް ކުރިމަތި ކުރުވައިފިއެވެ.

އެއިޑްސް ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީވެސް ޒުވާނުންނެވެ. އުމުރުން 33 އަހަރުގެ ޒުވާނަކު ބުނީ އޭނާއަށް އެއިޑްސް ޖެހިފައިވާކަން އެނގުނީ މީގެ 2 އަހަރު ކުރިން ކަމަށާއި ޢާއިލާގެ މީހުންނަށް ނޫނީ އެކަން ނުއަންގާ ކަމަށެވެ.

އޭނާ ބުނީ އެއިޑްސް ޖެހިފައިވާކަން އެނގިއްޖެ ނަމަ މުޖުތަމައުގައި އެއްވެސް ޤަދަރެއް ނުކުރާކަމަށާއި އެކަހެރިކޮށް ބާކީ ކުރާ ކަމަށެވެ. އެ ހާލަތު ކުރިމަތިވެފައި ތިބި އެތައް ބައިވަރު ބައަކު އޮމާންގައި މިހާރުވެސް އެބަތިބި ކަމަށެވެ.

އޮމާންގައި ތިބި އެއިޑްސްޖެހިފައިވާ މީހުންގެ ނިޞްބަތުން ބަލާއިރު 33 އިންސައްތައަކީ އަންހެނުންނެވެ. އެއިޑްސް ޖެހިފައިވާ މީހުން އެންމެ އާބާދީގެ ދެބައިކުޅައެއްބައި ދިރިއުޅެނީ ވެރިރަށް މަސްކަޓްގައެވެ.

އެއިޑްސް ޖެހިފައިވާ މީހުންނަށް ސަމާލުކަން ނުދެވޭ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ބައަކަށް ބަލި ޖެހެނީ އެމީހުންގެ ކިބައިގައި ހުންނަ އިސްލާމް ދީނާއި ދުރު ސިފަތަކުގެ ސަބަބުންކަމަށްވާތީއެވެ.
މިއަދު އޮންލައިން