ގިނަ އަދަދެއްގެ ކުށްވެރިންނަށް އޮބާމާ މާފް ދެއްވާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ގިނަ އަދަދެއްގެ ކުށްވެރިންނަށް އޮބާމާ މާފް ދެއްވާނެ
ރައީސް އޮބާމާގެ ވެރިކަން ނިންމަވައިލެއްވުމުގެ ކުރިން ގިނަ އަދަދެއްގެ ކުށްވެރިންނަށް މަޢާފް ދެއްވާނެ އެވެ. އެއިގެ ތެރޭގައި ޠާލިބާންގެ ޓެރަރިސްޓަކާއި އަދި ކުދި އަދަދު ތަކުން ޑްރަގު ޓްރެފިކްކޮށްފައިވާ ގިނަ ބައަކު ހިމެނޭނެ އެވެ.

މައާފް ދެއްވި ދާނެ ގިނަ އަދަދެއްގެ ކުށްވެރިންގެ ލިސްޓް މިހާރު ވަނީ އޮބާމާއަށް ހުށަހަޅައިފައެވެ.

އެމެރިކާގެ ރައީސުން މަޤާމުން ވަކިވެވަޑައިގަތުމުގެ ކުރިން ގިނަ އަދަދެއްގެ ކުށްވެރިންނަށް މަޢާފް ދެއްވުމަކީ ކުރައްވަމުން ގެންދަވާ ކަމެކެވެ. މަޤާމުން ވަކިވެވަޑައިގތުމުގެ ކުރިން ބިލް ކްލިންގޓަން ވެސް ވަނީ ގިނަ ބައަކަށް މާފް ދެއްވައިފައެވެ.

އެމެރިކާގެ ޝަރުޢީ ނިޒާމަށްވެސް ގިނަ ބައަކު ދަނީ ފާޑުކިޔަމުންނެވެ. ގިނަ ބައަކު ބުނަނީ އެމީހުންނަށް ކުރަނީ ޙައްޤު ހުކުމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ޝަކުވާތައްވެސް ދަނީ އުފުލަމުންނެވެ.
މިއަދު އޮންލައިން