މިދިޔަ ހުކުރު ދުވަހު ފްލޮރިޑާގެ ފޯރޓް ލައުޑާޑޭލް ހޮލީވުޑް އެއަރޕޯޓަށް ބަޔަކު ވަދެ ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހަކު މަރުވެ އަށް މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.
ފްލޮރިޑާގެ ސެނެޓާ، ބިލް ނެލްސަން ވިދާޅުވެފައިވާ ގޮތުގައި ބަޑީގެ ހަމަލާ ދިން ފަސް މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ހަމަލާ ދީފަވާ ސަބަބު އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން، ފޯރޓް ލައުޑާޑޭލް ހޮލީވުޑް އެއަރޕޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި މިހަމަލާ ދީފައިވަނީ އެ އެއަރޕޯޓުގެ ޓާމިނަލް 2 ގެ ލަގެޖު ދޫކުރާ ސަރަޙައްދުންނެވެ.
މިހަމަލާ އާ ގުޅޭގޮތުން އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެ މައްސަލަ ދާދި ގާތުން ބަލަމުންދާ ކަމަށެވެ.