ލަންކާގެ ފަތުރުވެރިކަން މިދިއަ އަހަރު ވެސް ރަނގަޅެއް ނޫން- މިއަހަރު 30 އިންސައްތަ އިތުރަށް ދަށްވާނެ: މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ލަންކާގެ ފަތުރުވެރިކަން މިދިއަ އަހަރު ވެސް ރަނގަޅެއް ނޫން- މިއަހަރު 30 އިންސައްތަ އިތުރަށް ދަށްވާނެ: މިނިސްޓަރު
ސްރީ ލަންކާގެ ފަތުރުވެރިކަން މިދިއަ އަހަރުވެސް ކުރިން ލަފާކުރި ވަރަށް ރަނގަޅު ނޫން ކަމަށާއި މިއަހަރު 30 އިތުރަށް ދަށަށް ދާނެ ކަމަށް ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޖޯން އަމަރަތުންގަ ވިދާޅުވީ މިދިއަ އަހަރު އަމާޒު ހިފީ 2.2 މިލިއަން ފަތުރުވެރިން ކަމަށާއި ނަމަވެސް ލިބުނީ 2.05 މިލިއަން ފަތުރުވެރިން ކަމަށެވެ. އަދި އެއާޕޯޓްގެ ރަންވޭ މަރާމާތުކުރުމަށް މިއަހަރު ގިނަ ވަގުތުތަކަކަށް އެއާޕޯޓް ބަންދުކުރަންޖެހުމުން މިއަހަރު 30 އިންސައްތަ ދަށަށް ދާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން މިދިއަ އަހަރު 3.5 ބިލިއަން ޑޮލަރު ސްރީލަންކާއަށް ލިބުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ޤައުމުގެ އިޤްޠިޞާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސްރީލަންކާގެ ފަތުރުވެރިކަމާއިބެހޭގޮތުން މީގެ 2 ދުވަހެއް ކުރިން ނެރުނު ބައެއް ޚަބަރުތަކުގައި ވަނީ މިއަދަދުތައް އޮޅުވާލައިފައެވެ.
މިއަދު އޮންލައިން