ތުރުކީގެ އެންމެ ބޮޑު ސަހަރު ކަމަށްވާ، އިސްތަމްބޫލަށް ރޭ ދަންވަރު އައި ސްނޯގެ ވަރުގަދަ ތުފާނުގެ ސަބަބުން އެތައް ސަތޭކަ ފްލައިޓެއް ކެންސަލް ކޮށްފިއެވެ.
ތުރުކީގެ ބައެއް ހިސާބުތަކަށް 40 ސެންޓިމީޓަރު (16 އިންޗް) ގެ ބޯ މިނުގައި ރޭ ދަންވަރު ސްނޯ ފައިބާފައިވާ ކަމަށް ދުނިޔެގެ މަޝްހޫރު ނޫހެއް ކަމަށްވާ ޕީކޭ އިން ބުނެފައިވެއެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުން މި ޙާދިސާގެ ސަބަބުން މަގުތައް ބަންދުވެ ތަފާތު އެކި އުނދަގޫތައް ދިމާ ވެފައިވެއެވެ.
މި ކަމުގެ ސަބަބުން ތުރުކީ އެއަރލައިނުން ވަނީ އެގައުމުގެ އެކި އެއަރޕޯޓު ތަކުން 500 ވަރަކަށް ފްލައިޓު ކެންސަލް ކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖެ، އިންޑިއާ، ސައުތު އެފްރިކާ އަދި ވިއެޓްނާމް އިން އިސްތަންބޫލަށް ދިޔުމަށް ފުރި ފްލައިޓުތައް އުތުރު ސީރިއާގެ ގަޒިއަންޓެޕް ސިޓިއަށް ޑައިވާޓް ކޮށްފައިވާ ކަމަށްވެސް ޕީކޭ ގައި ބުނެފައިވެއެވެ.
އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ ޕީކޭ ގައި ބުނެފައިވަނީ މުޅިދުވަހު އެގައުމަށް ސްނޯފައިބާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ފިނިހޫނުމިން ވަރަށް ބޮޑުތަން ދަށް ވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.