ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި
ޝާހުރުކް ޚާންގެ ހަގު ފިރިހެން ދަރިފުޅު އަބްރާމް އަކީ އޭނާގެ މުޅި ދުނިޔެއެވެ. މިއަހަރު ޢުމުރުން ހަތަރު އަހަރު ފާހަގަކުރާ އަބްރާމްއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ޝާހުރުކް ވަނީ ދާދިފަހުން ޓްރީހައުސްއެއް ހަދިޔާކޮށްފައެވެ. ޝާހުރުކްއާއި އަންހެނުން ގޯރީގެ ފާމްހައުސްގައި ޢިމާރާތްކޮށްފައިވާ މި ޓްރީހައުސްގެ ފޮޓޯތައް ގޯރީގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައި ވާއިރު، އެ ފޮޓޯތަކުން ޓްރީހައުސްގެ އެތެރޭގައި އަބްރާމް ހުރި މަންޒަރުވެސް ފެނިގެންދެއެވެ.

2013 ވަނަ އަހަރުގެ މޭއި މަހުގެ 27 ވަނަ ދުވަހު އުފަންވި އަބްރާމްއަކީ އުފަން ނުވަނީސް މީޑިއާގެ ސަމާލުކަން ލިބިގެން ދިޔަ ސެލެބްރިޓީ އެކެވެ. ބޮލީވުޑްގެ ރަސްގެފާނު ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރާ ޝާހުރުކް ޚާންއާއި ގޯރީގެ އެންމެ ހަގު ދަރިފުޅު އަބްރާމްއާއި ގުޅުވައިގެން ތަފާތު ގޮތްގޮތަށް އޭނާ އުފަން ނުވަނީސް ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް، ދުވަސްނުފުރާ ވިހެއުމާއި ގުޅިގެން އަބްރާމްއަށް ދިމާވި ޞިއްޚީ މައްސަލަތަކުން އަރައިގަތުމަށްފަހު އެހުރިހާ ވާހަކަތަކަށް ޝާހުރުކް ވަނީ ރައްދު ދީފައެވެ.

އަބްރާމް އެންމެ ތުއްތު އިރު ބޮލީވުޑަށް ތަޢާރަފްވެފައިވާއިރު އޭނާގެ ބޮލީވުޑް ޑެބިއުޓްއަކަށް ވެގެން ދިޔައީ، ޝާހުރުކް ޚާންގެ ކާމިޔާބު ފިލްމު "ހެޕީ ނިއު ޔާ" އެވެ. "ހެޕީ ނިއު ޔާ" ބްލޮކް ބަސްޓާރ" އަކަށް ވެގެންދިޔަ މައިގަނޑު ސަބަބަކީވެސް ފިލްމުގައި ޝާހުރުކްއާއެކު ފިރިހެން ދަރިފުޅު އަބްރާމްގެ ފެނިލުމެއް ހިމަނާފައިވުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިއަދު އޮންލައިން