އޭއައި އިން މުމްބާއީއާއި ދިއްލީއާ ދެމެދުކުރާ ދަތުރުތަކުގެ ބެގޭޖު އިތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އޭއައި އިން މުމްބާއީއާއި ދިއްލީއާ ދެމެދުކުރާ ދަތުރުތަކުގެ ބެގޭޖު އިތުރުކޮށްފި
އެއަރ އިންޑިއާ (އޭއައި) އިން މުމްބާއީ އާއި ދިއްލީއާއި ދެމެދު7B74 އިން ކުރާ ދަތުރު ތަކުގައި "ފްރީ ޗެކިން ބެގޭޖް" ގެ ގޮތުގައި އިތުރު ބެގޭޖް ތަކެއް ގެންދެވޭ ގޮތަށް ނިންމައިފިއެވެ.

އޭއައި އިން މިގޮތަށް އިއްޔެ ނިންމާފައިވަނީ އިކޮނޮމީ ކްލާހުން ދަތުރު ކުރާ ކޮންމެ ފަސިންޖަރަކަށް 40 ކިލޯއެވެ. އަދި ބިޒްނަސް ކުލާހުން ދަތުރު ކުރާ ކޮންމެ ފަސިންޖަރަކަށް 50 ކިލޯ ފްރީ ޗެކިން ބަގޭޖްގެ ގޮތުގައި ދިނުމަށެވެ. މުމްބާއީ އާއި ދިއްލީއާއި ދެމެދު އާއި7B74 އިން ކުރި ދަތުރު ތަކަށް، ކޮންމެ ފަސިންޖަރަކަށް މީގެ ކުރިން ދިފައިވަނީ 25 ކިލޯ އާއި 35 ކިލޯ އެވެ.

7B74 މަރުކާގެ މަތިންދާ ބޯޓަކީ މުމްބާއީ އާއި ދިއްލީ އާއި ދެމެދު ދަތުރު ކުރާ އެންމެ ބޮޑު ބޯޓެވެ. މިއީ އެއްވަގުތަކާއި 423 ފަސިންޖަރުންނަށް ދަތުރު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ 4 އިންޖީންއެޅި ބޯޓެކެވެ.

7B74 ބޭނުންކޮށްގެން މުމްބާއީ އާއި ދިއްލީ އާއި ދެމެދު، އޭއައި އިން ދަތުރު ކުރުމަށް ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމަބަރު މަހުގެ 13ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން