އައްޑޫސިޓީ މެދުވަލުސިޓީ ޔުނައިޓެޑް (އެމްސީޔޫ) އާއި ސ. ހިތަދޫ ޔޫތު ސެންޓަރު ގުޅިގެން 23 އަހަރުން ދަށުގެ އަންހެނުންނަށް ފުޓުސަލް މުބާރާތެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ
އެމްސީޔޫގެ ޔޫތު ކޯޑިނޭޓަރ އިބްރާހީން ޟިރާރު ބުނީ މި މުބާރާތުގައި އެމްސީޔޫގެ ދައުރަކީ އިންތިޒާމްކޮށް ހިންގުން ކަމަށެވެ. މުބާރާތުގެ އެހެންހުރިހާ ކަމެއްކުރާނީ ޔޫތުސެންޓަރުން ކަމަށް އޭނާ ބުންޏެވެ.
މުބާރާތް ބޭއްވުމަށް ހަމެޖެހިފައިވަނީ ފެބުރުއަރީ 10 އިން 13 އަށް ޔޫތުސެންޓަރުގެ ފުޓުސަލް ދަނޑުގައެވެ. މުބާރާތުގައި ބާއިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިފައެވެ.
މިއީ އައްޑޫ ސިޓީގެ އަންހެނުންގެ މެދުގައި މިހާރުއޮތް ފުޓުސަލްގެ ފޯރި އިތުރުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހިތަދޫ އީހަބުއެވެ. އަދި ކޯ ސްޕޮންސަރަކީ މެގަޓެކްސީއެވެ.