އީރާނުގެ ކުރީގެ ރައީސް ރަފްސަންޖާނީ އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އީރާނުގެ ކުރީގެ ރައީސް ރަފްސަންޖާނީ އަވަހާރަވެއްޖެ!
އީރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝިމީ ރަފްސަންޖާނީ އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ. ޢާއިލާއިން ބުނެފައިވަނީ އެމަނިކުފާނު އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

ރަފްސަންޖާނީ އީރާނުގެ ރައީސްކަން ކުރެއްވީ 1989 ވަނަ އަހަރުން 1997 ވަނަ އަހަރަށެވެ. ރަފްސަންޖާނީ އަކީ 1979 ވަނަ އަހަރު އިސްލާމިކް ރިޕަބްލިކް އޮފް އީރާން އުފެއްދެވުމުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ރަފްސަންޖާނީ އަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި ހުޅަނގުގެ ޤައުމުތަކާއިއެކު ގުޅުން ބަދަހިކުރައްވަން މަސައްކަތްޕުޅު ކުރެއްވެވި ބޭފުޅެކެވެ.

ރަފްސަންޖާނީ އަކީ އަމިއްލަފުޅު އުޞޫލުތައް ހާމަކުރައްވައި ކެތްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވަން މަސައްކަތްޕުޅު ކުރެއްެވި ބޭފުޅެކެވެ. ވެރިކަން ކުރައްވާ ބޭފުޅުންނާއި ދެކޮޅަށް ހަރުކަށި ބަސްފުޅުތައް ވިދާޅުވަމުން ގެންދަވާ ބޭފުޅެއް ނޫނެވެ.
މިއަދު އޮންލައިން