ދެކުނު ޗިލީގައި މަތިންދާ ބޯޓެއް ވެއްޓި ހަތަރު މީހަކު މަރު ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައި އެ ގައުމުގެ ލެކިއުއެހޫ އެއަރފީލްޑްގައެވެ. މި ހާދިސާގައި މަރުވެފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ޖެއްސުމުގެ ތެރޭގައެވެ.
މި ބޯޓަކީ ޕްރައިވެޓް ކުންފުންޏެއްގެ ބޯޓެއް ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.
މި ހާދިސާހިނގި ގޮތުގެ ތަހުގީގު ، ކަމާއިބެހެ ފަރާތްތަކުން މިހާރު ގެންދަނީ ކުރަމުންނެވެ.