އެމިރޭޓްސް ފްލައިޓެއްގެ ތެރެއިން ހަރުފައެއް ފެނިގެން ދަތުރު ކެންސަލްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
އެމިރޭޓްސް ފްލައިޓެއްގެ ތެރެއިން ހަރުފައެއް ފެނިގެން ދަތުރު ކެންސަލްކޮށްފި
ޑުބާއީން މަސަކަޓަށް ފުރަން ހަމަޖެހިފައިއޮތް އެމިރޭޓްސް ގެ ފްލައިޓް ތެރެއިން ހަރުފައެއް ފެނިގެން ފްލައިޓް ކެންސަލް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބޯޓުތެރެއިން މި ހަރުފަ ފެނިފައިވަނީ ބޯޓަށް ލަގެޖުތައް ލާން އުޅުނު މީހުންނަށެވެ. އެމީހުންނަށް ހަރުފަ ފެނިފައި ވަނީ ބޯޓުގެ ކާގޯ ބައިގެ ތެރެއިން ކަމަށް ޚަބަރު ލިބެއެވެ.

ހަރުފަ ފެނުނުކަން ރިޕޯޓު ކުރުމާއެކު ބޯޓު ފުރުން ކެންސަލް ކޮށް ބޯޓު ރަނގަޅަށް ބަލާ ފާސް ކޮށްފައިވެއެވެ.

ބޯޓު އަލުން ދަތުރަށް ފަށައިފައިވަނީ، ރަނގަޅަށް ޗެކް ކުރުމަށްފަހު އެފަދަ އެއްވެސް އެއްޗެއް ނެތްކަން ކަށަވަރު ކުރުމަށް ފަހުއެވެ.
މިއަދު އޮންލައިން