އެމްއެންޑީއެފުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ފަލިޖެހުމާއި ރިޔާ ދޯނި ދުއްވުމުގެ މުބާރާތުގައި ފަލިޖެހުމުން 1 ވަނަ ފަޔަރ އެންޑް ރެސްކިޔޫ، ރިޔާ ދޯނި ދުއްވުމުން 1 ވަނަ އެސްޕީޖީ ހޯދައިފިއެވެ.
މިބާރާތުގައި ފަލިޖެހުމުން 2 ވަނަ ހޯދީ ވެސް އެސްޕީޖީ އެވެ. 3 ވަނަ ހޯދީ މެރިން ޑިޕޮލޯއިމަންޓް ޔުނިޓް 1 އެވެ. ރިޔާދޯނި ދުއްވުމުން 2 ވަނަ ހޯދީ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 3 އެވެ. 3 ވަަނ ހޯދީ ކްއާޓަރ މާސްޓަރ ސަރވިސް އެވެ.
މުބާރާތުގައި ވަނަވަނައަށް އައި ފަރާތްތަކަށް ތަށްޓާއި އިނާމުތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރ ޢާދަމް ޝަރީފް އުމަރުއެވެ.
އާދަމް ޝަރީފް ވަނީ މުބަޤރާތުގެ ވަނަތައް ޙާޞިލުކުރި ޓީމުތަކަށާއި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޢާދަމް ޝަރީފް ވިދާޅުވީ މިއީ ކިތަންމެ އާދައިގެ ކަމެއްގެ ގޮތުގައި ބައަކަށް ފެނުނު ނަމަވެސް މިއީ ވަރަށް މުހިންމު ތަމްރީނެއް ކަަމށާއި މިކަމުގެ ފައިދާ ބައިވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި މިއީ ހަމަ ހުރިހާ ސިފައިންނަށް ލިބެންޖެހޭ ތަމްރީނެއް ކަމަށެވެ.