އަތުން އެންމެ ލާރިއެއް ޚަރަދުނުކޮށް ކައިވެނި 35،000 ފޫޓު މަތީގަ، ކޭކް ފެޅުން ހޮންގކޮންގ ވީއައިޕީ ލޫންޖުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަތުން އެންމެ ލާރިއެއް ޚަރަދުނުކޮށް ކައިވެނި 35،000 ފޫޓު މަތީގަ، ކޭކް ފެޅުން ހޮންގކޮންގ ވީއައިޕީ ލޫންޖުގަ!
މުއްސަނދިން އެމީހުންގެ ކައިވެނި ތަފާތު ތަންތަނުގައި ކުރެއެވެ. ފްލައިޓްތައް ޗާޓަރުކޮށްގެން ޖައްވުގައިވެސް ކުރެއެވެ. ކަނޑު އަޑީގައިވެސް ކުރެއެވެ. އެމީހަކު ބޭނުންތަނަކު ކުރެއެވެ. ނަމަވެސް އަތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެއެވެ.

ޗައިނާގެ ޒިއާންގ ޝެން އާއި ޒެން މޭ ޔޫ ވެސް ކައިވެނިކުރީ ޗައިނާއިން ހޮންގކޮންގއަށް ކުރި ދަތުރެއްގައި ކެތޭ ޕެސިފިކްގެ އެންމެ ބޮޑު ފްލައިޓެއްގައި 35،000 ފޫޓު މަތީގައެވެ.

ކައިވެންޏަށްޓަކައި ދެފަރާތުގެ އާއިލާއިން 200 ވަރަކަށް މީހުންވެސް ހަމަ އެފްލައިޓުގައި ބައިތިއްބައިގެންނެވެ. އެންމެ ފުރިހަމަ ކައިވެނީގެ ހަފްލާއަކާއިއެކުގައެވެ. ކައިވެންޏަށްފަހު ފްލައިޓް ހޮންގކޮންގގައި ޖެއްސުމުން ރަސްމީ އިއްޒަތުގައި ގެންދިއައީ ކެތޭ ޕެސިފިކްގެ ވީއައިޕީ ލޫންޖަށެވެ. ކައިވެނީގެ ކޭކް ފެޅުމުގެ ރަސްމިއްޔާތު ބޭއްވީ ވީއައިޕީ ލޫންޖުގައެވެ. ކައިވެނީގެ ދެވަނަ ޕާޓީ ކުރިއަށް ގެންގޮސްފައިވަނީ ވީއައިޕީ ލޫންޖުގައެވެ.

ހަފްލާއަށްފަހު ދެމަފިރިންނަށް ހޮންގކޮންގގައި ހަނީ މޫން ދަތުރެއްވެސް ދީފައެވެ.

މިހުރިހައި ޚަރަދުތަކެއް ކޮށްދިނީ ކެތޭ ޕެސިފިކް އާއި އެ އެއާލައިންގެ ޓިކެޓް ވިއްކާ 3 ޓްރެވަލް އެޖެންޓުން ގުޅިގެންނެވެ. އެއީ އެހުރިހައި ފަރާތްތައް ގުޅިގެން ކުރިއަށް ގެންދިއަ ލަވް ފޯ ޓްރެވަލް ކެންޕޭނުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ވޯޓުން ހޮވުމުންނެވެ. އެހެންކަމުން މިލިއަނަރުންނަށް ނޫނީ ނުކުރެވޭވަރުގެ ބޮޑު ޚަރަދެއް އެދެމަފރިންނަށް ލިބިގެން އެދިއައީ ހަމަ ނަޞީބަކުންނެވެ.
މިއަދު އޮންލައިން