ނިމިގެންދިއަ 2016 ވަނަ އަހަރު އެންމެ ގިނައިން ގަޑިއަށް ނުފުރުމުގެ 10 ވަނަ ހޮވައި 3 ވަނަ އެއާ އިންޑިއާއަށް ދީފިއެވެ. މި ލިސްޓް ހާމަކޮށްފައިވަނީ ފްލައިޓް ސްޓޭޓްސް އާއި ހަވާލާދީ ބްލޫމްބަރގް އިންނެވެ.
މިލިސްޓުގައި 3 ވަނަ އެއާއިންޑިއާއަށް ދީފައިވީ ނަމަވެސް ރާއްޖެ އަންނަ ފްލައިޓްތަކަށް ބަލާއިރު އެއާ އިންޑިއާ އެހައި ފަހަތުގައި ކަމަކަށް ނުބެލެވެއެވެ. އަދި ސަރަހައްދުގެ ފްލައިޓްތަކަށް ބަލާއިރު ޚިދުމަތުގެ ގޮތުންވެސް އެއާ އިންޑިއާ އުޅެނީ ހަމަ ވަރަށް ކުރީގައެވެ.
އިރެއްގައި ސްރީލަންކަން އެއާލައިނުން ކާއެތިކޮޅެއް ދިންނަމަވެސް ފަހަކަށް އައިސް ލިބެނީ ލުއި ކާނާކޮޅެކެވެ. ޖޫސްތަށްޓެކެވެ. ނަމަވެސް އެއާ އިންޑިއާ އިން އަދިވެސް ދެނީ ހަމަ ހޫނު ކާތަކެއްޗެވެ. ރަހަތައްވެސް ހަމަ އެހައިމެ މީރެވެ.
މިލިސްޓުގައި ގަޑިއަށް ފުރުމުގެ 1 ވަނަ ލިބިފައިވަނީ ކޭއެލްއެމްއަށެވެ. ޤަތަރު އެއާވޭޒްއަށް 4 ވަނައެވެ. ސިންގަޕޯރ އެއާލައިންސްއަށް 7 ވަނައެވެ.
ފްލައިޓް ސްޓެޓްސް އިން ބުނެފައިވަނީ ވަނަތައް ހޮވާފައިވަނީ 500 މަންޒިލެއްގެ ރެކޯޑްތައް ބަލައިގެން ކަމަށެވެ. އަދި ޖުމުލަ ގޮތެއްގައި މިދިއަ އަހަރަކީ އެއާލައިންތަކުގެ ޕަރފޯމޭންސް ރަނގަޅު އަހަރެއް ކަމަށެވެ.