ސައުދީ އެއާލައިންގެ ޗެއަރމަނަކަށް ޣައްސާން ބިން ޢަބްދުއްރަޙްމާން ހަމަޖައްސަވއިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސައުދީ އެއާލައިންގެ ޗެއަރމަނަކަށް ޣައްސާން ބިން ޢަބްދުއްރަޙްމާން ހަމަޖައްސަވއިފި
ސައުދީ އެއާލައިންގެ ޗެއަރމަނަކަށް ޣައްސާން ބިން ޢަބްދުއްރަޙްމާން އަލްޝަބާލް ހަމަޖައްސަވައިފިއެވެ. މި މަޤާމަށް ޣައްސާން ހަމަޖެއްސެވީ ސަލްމާން ރަސްގެފާނުގެ ގަނޑުދުވަރުން ނެރުނު ޚާއްޞަ އަމުރުފުޅަކުންނެވެ.

ސައުދީ އެއާލައިނަކީ ސައުދިއަރަބިޔާގެ ޤައުމީ އެއާލައިންކަމަށްވުމުން އެއާލައިން އިތުރަށް ފުރިހަކުރުމަށް ސަލްމާން ރަސްގެފާނު ގެންދަވަނީ ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން ސައުދީ އެއާލައިނަކީ ފުދުންތެރި އަދި ފައިދާވާ އެއާލައިނަކަށް ހެއްދެވުމަށް ގެންދަވަނީ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

ޤަތަރު އެއާވޭޒް އާއި އެމިރޭޓްސް ފަދަ އެއާލައިންތަކުން ދުނިޔޭގެ ވަނަތައް ހޯދަމުން ގެންދިއަ ނަމަވެސް ސައުދީ އެއާލައިން އަދި އުޅެނީ އެ ދެ އެއާލައިނަށްވުރެ ތަންކޮޅެއް ފަހަތުގައެވެެ.

ސަލްމާން ރަސްގެފާނުގެ ޒަޢާމަތުގައި ސައުދީ އެއާލައިނުން މިހާރުވެސް އަންނަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. ސައުދީ އެއާލައިންގެ ދަތުރުތައް މިހާރު ވަނީ ރާއްޖެއަށްވެސް ފަށައިފައެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް ދަނީ ބޮޑެތި ފައިދާތަކެއް ކުރަމުންނެވެ.
މިއަދު އޮންލައިން