ކަލޭތީ ހިންދޫއެއްތަ؟ ނޫނީ ހަމަ މިހާރު ދީން ބަދަލުކުރޭ! ނޫނީ މަރާ ކުރިމަތިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކަލޭތީ ހިންދޫއެއްތަ؟ ނޫނީ ހަމަ މިހާރު ދީން ބަދަލުކުރޭ! ނޫނީ މަރާ ކުރިމަތިލާ!
"ކަލޭތީ ހިންދޫއެއްތަ؟ ނޫނީ ހަމަ މިހާރު ދީން ބަދަލުކުރޭ! ނޫނީ މަރާ ކުރިމަތިލާ!" މިއީ ކެރަލާ ސްޓޭޓްގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ.

މިކަން މިހިސާބަށް ގޮސްފައި މިވަނީ ހިންދޫންގެ ނިޞްބަތް 90 އިންސައްތައިން 55 އިންސައްތައަށް ވެށްޓުމުންނެވެ. އިންޑިއާއަށް މިނިވަންކަން ލިބުނު އިރު ކެރަލާ ސްޓޭޓްގައި ހިންދޫންގެ ނިޞްބަތަކީ 90 އިންސައްތައެވެ. ނަމަވެސް 2011 ތަފާސް ހިސާބުތައް ދައްކާގޮތުން އެ އަދަދު މިހާރުވަނީ 55 އިންސައްތައަށް ދަށްވެފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ކެރެލާގައި މިހާރު މުސްލިމުންގެ އިންސައްތަ އަކީ 26 އިންސައްތައެވެ. ކްރިސްޓިއަނުންގެ ނިޞްބަތް 18 އިންސައްތައަށްވުރެެ މައްޗެވެ.

ކެރެލާގެ އާބާދީގައި ހިންދޫން މަދުވަމުން އަންނާތީ ކެރަލާގެ ހައިކޯޓުންވެސް ވަނީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.

ކެރަލާއަކީ ތައުލީމީ ގޮތުން ބަލާއިރު ކިޔަވައިގެން ތިބި މީހުންގެ އާބާދީ އެންމެ ގިނަ ސްޓޭޓްއެވެ. ހިންދީންގެ އާބާދީ ދަށްވަމުން އަންނަނީ ސްޓޭޓްގައި ތައުލީމީ މީހުން ގިނަވެ ހޭލުންތެރިކަން އިތުރުވުމުންކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން