އަންހެނެއްގެ ގޮހޮރުން 150 ފަނި ނަގައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަންހެނެއްގެ ގޮހޮރުން 150 ފަނި ނަގައިފި
އުއްތަރު ޕްރަދޭޝަށް އުފަން، އުމުރުން 22 އަހަރުގެ ނެހާ ބޭގަމް މިމަހުގެ 2 ވަނަ ދުވަހު ހޮސްޕިޓަލަށް ދިޔައީ އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާ ހޮޑުލެވޭތީ ކަމަށް ބުނެއެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން ނެހާ ބޭގަމްގެ ގޮހޮރުގެ ޓެސްޓުތަކެއް ހެދި ހެދުމުން އޭނާގެ ބަނޑުތެރޭން އާދަޔާޚިލާފު އެއްޗެހިތަކެއް ފެނުނު ކަމަށް ވެއެވެ. އެހެންކަމުން ވަގުތު ނަގާނުލައި އޮޕަރޭޝަން ކުރެވުނެވެ.

އޮޕަރޭޝަން ކުރުމުގެ ތެރޭގައި ނެހާގެ ގޮހޮރު ތެރެއިން 150 ކިލާފަނި ފެނިފައިވާ ކަމަށް ކޭޖީ ނަންދާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމާ ހަވާލާދީ މެޓްރޯގައި ރިޕޯޓު ކޮށްފައިވެއެވެ.

އެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. އާނަންދު ޕްރަކާޝް ތިވާރީ އާއި ހަވާލާދީ މެޓްރޯގައި ރިޕޯޓުކޮށްފައިވަނީ ނެހާ ބޭގަމްގެ މައްސަލަ އަކީ އާދަޔާޚިލާފު ކަމެއް ކަމަށެވެ. ބައެއްފަހަރު ބަލިމީހާގެ ބަނޑުތެރެއިން ދޭއް ނުވަތަ ތިން ފަނި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިހާ ގިނަ ފަނިތަކެއް ބަލިމީހެއްގެ ބަނޑުތެރެއިން އެއްފަހަރާ ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ޑރ. ތިވާރީއާ ހަވާލާދީ މެޓްރޯގައި ރިޕޯޓު ކޮށްފައިވަނީ އެގޮތަށް ދިމާވަނީ އާންމު ގޮތެއްގައި އާންމު ދިރިއުޅުމުގެ ސާފުތާހިރުކަން ގެންގުޅެންވީ މިންގަނޑުގައި ނުގެންގުޅެވޭތީ ކަމަށެވެ.

މިފަދަ ފަނިތަކުގެ ބިސްތައް ، ތަރުކާރީއާއި މޭވާގެ ބޭރުގައި ގިނަފަހަރަށް ހިމެނޭ ކަމަށާއި، ކެއުމުގެ ކުރިން އެފަދަ ތަކެތި ރަނގަޅަށް ދޮވެ ސާފު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އެދެނީ އެފަދަ މައްސަލަތަކުން ސަލާމަތް ވުމަށް ކަމަށް ވެސް ޑރ. ތިވާރީއާ ހަވާލާދީ މެޓްރޯގައި ބުނެފައިވެއެވެ.

ބަނޑަށް ތަދުވެ ހޮޑުލެވޭތީ ނެހާ ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ޑޮކްޓަރުންނަށް ދައްކާފައެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ޑޮކްޓަރު ދެއްވާފައިވަނީ ތަދު ކަނޑުވާ ބޭސް ކަމަށްވެސް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.
މިއަދު އޮންލައިން