ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ އިތުރު މީހަކު ޕާކިސްތާނުން ގެއްލުވާލައިފިއެވެ. މިއީ މިގޮތަސް ގެއްލުވައިލި 6 ވަނަ މީހާއެވެ.
މިމަހުގެ 7 ވަނަ ދުވަހު ކަރާޗީގެ ދެކުނު ސަރަހައްދުން ގެއްލިފައިވަނީ ސިވިލް ޕްރޮގްރެސް އެލަޔަންސްގެ އިސްފަރާތްކަމަށްވާ މެދުއުމުރުގެ ސަމަރު އައްބާސް އެވެ.
އެޖަމާއަތުގެ މެންބަރަކު ބުނީ އެ ޖަމާއަތަކީ ކުދި ނަސްލުތަކުގެ މީހުންގެ ހައްޤުގައި ވަކާލާތުކޮށް ހައްޤުތައް ހޯދައިދޭން މަސައްކަތްކުރާ ޖަމާއަތެއް ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގަނީ ކުދި ޖަމާއަތްތަކުގެ ހައްޤުތައް ހޯދަން މަސައްކަތްކުރާ މީހުންގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.
ސަރުކާރުން ގެންދަނީ މިކަމާއި ސަރުކަރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނަމުންނެވެ. ނަމަވެސް ގެއްލިފައިވާ 4 "ބްލޮގަރުން" އަދިވެސް ހޯދިފައި ނުވާތީ ގިނަ ބައަކު ތުހުމަތުކުރަނީ މިއީ ސަރުކާރާއި ގުޅުންހުރި ކަމެއް ކަމަށެވެ.