މެކްޑޮނާލްޑުން މަސާލަ ދޯސާގެ ދެ ވައްތަރެއް ތަޢާރަފްކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މެކްޑޮނާލްޑުން މަސާލަ ދޯސާގެ ދެ ވައްތަރެއް ތަޢާރަފްކުރަނީ!
އިންޑިއާގައި ހިންގާ މެކްޑޮނާލްޑް ރެސްޓޯރަންޓްތަކުގައި މަސާލަ ދޯސާގެ ދެވައްތަރެއް ތައާރަފްކުރަން ނިންމައިފިއެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އިންޑިއާގައި ހިންގާ މެކްޑޮނާލްޑުގެ 44 ސެންޓަރުގައި ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ "މަސާލަ ދޯސާ ބްރިއޯޗޭ" އާއި މަސާލަ ދޯސާ ސްކްރޭމްބްލްޑް އެގް އެވެ.

މެކްޑޮލްޑުން ބުނެފައިވަނީ މި ދެ ވާތަތް އިތުރުކުރުމުގެ ބޭނުމަކީ އިންޑިއާގެ ރަހަތައް އިތުރަށް ތަޢާރަފްކޮށް ހެނދުނުގެ ސައި ވެސް އިންޑިއާ މީހުން ބޭނުންވާ ގޮތަށް އެމީހުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އިންޑިއާގައި ހިންގާ މެކްޑޮނާލްޑް ސެންޓަރުތަކުން 30 އިންޑިއާއި 213 ރުޕީސް އާއި ދެމެދު ހެނދުނުގެ ސައި ލިބެން ހުރެއެވެ. އެއގެ މާނައަކީ އެންމެ އަގު ބޮޑު ބްރެކްފާސްޓެއް ވެސް އެޖެހެނީ 25 ވަރަކަށް ދިވެހި ރުފިޔާއަށެވެ.

އިންޑިއާގައި މެކްޑޮނާލްޑް ސެންޓަރުތައް ހިންގާތާ މިހާރު 20 އަހަރުވެއްޖެއެވެ.
މިއަދު އޮންލައިން