އިރާޤުން ތެޔޮ އުފައްދާ މިންވަރު 170،000 ފީފާ މަދުކޮށް 210،000 އަށް މަދުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އިރާޤުން ތެޔޮ އުފައްދާ މިންވަރު 170،000 ފީފާ މަދުކޮށް 210،000 އަށް މަދުކުރަނީ!
އިރާޤުން ތެޔޮ އުފައްދާ މިންވަރުން މިހާރުވެސް 170،000 ފީފާ މަދުކޮށްފައިވާ ކަމަށާއި ޖޫން މަހުގެ ނިޔަލަށް އިތުރު 40،000 ފީފާ މަދުކޮށް 210،000 ފީފާއަށް މަދުކުރާނެ ކަމަށް ބުނެފިއެވެ.

އިރާޤުން ބުނީ ތެޔޮ އުފައްދާ އަދަދު މަދުކުރީ އޯޕެކްގެ މެންބަރު ޤައުމުތަކުން މިދިއަ ޑިސެމްބަރު މަހު ވިއެނާގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަންވެގެން ކަމަށެވެ.

އިރާޤްގެ ތެލާއިބެހޭ ވަޒީރު ވިދާޅުވީ ތެލުގެ އަގު ބާޒާރުގައި މިހާރުހުރި މިންވަރު ފުދޭ ކަމަށާއި ނަމަވެސް އެންމެ ރަނގަޅީ ސާފު ނުކުރާ ތެލުގެ އަގު ފީފާއެއް 65 ޑޮލަރަށް އުފުލިއްޖެ ނަމަ ކަމަށެވެ.

އޯޕެކްގެ މެންބަރު ޤައުމުތަކުންނާއި ތެޔޮ އުފައްދާ އިތުރު 11 ފަރާތަކުން ވަނީ ތެޔޮ މިހާރު އުފައްދާ މިންވަރު މިހިނގާ ޖަނަވަރީ މަހުން ފެށިގެން މަދުކުރުމަށް އެއްބަސްވެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މިފަހަރުގެ ނިންމުމަށް އަމަލުކުރާނެކަމަށް ވަނީ ބެލެވިފައެވެ.

މިކަމަށް އިތުރަށް މަޝްވަރާކުރުމަށް ސައުދިއަރަބިޔާ، ޔޫއޭއީ، ޤަތަރު، ކުވައިތު އަދި އިރާޤް ބައިވެރިވާ ބައްދަލުވުމެއް މިއަދު ވަނީ ފަށައިފައެވެ.
މިއަދު އޮންލައިން