މަހަކަށްވުރެ ގިނަ ދުވަހު ކަނޑުމަތީގަ އޮޔާދިއުމަށްފަހު ބައަޕަ އާ ދަރިފުޅު އޮސްޓްރޭލިއާއަށް ލައްގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މަހަކަށްވުރެ ގިނަ ދުވަހު ކަނޑުމަތީގަ އޮޔާދިއުމަށްފަހު ބައަޕަ އާ ދަރިފުޅު އޮސްޓްރޭލިއާއަށް ލައްގައިފި
މަސްދުވަހަށްވުރެ ގިނަ ދުވަހު ކަނޑުމަތީގައި އޮޔާދިއުމަށްފަހު ބައްޕައާއި އޭނާގެ 6 އަަހރުގެ ދަރިފުޅު އޮސްޓްރޭލިއާއަށް ލައްގައިފިއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ނިޔުޒީލަންޑު ކައިރީގައި އޮންނަ ކުޑަރަށަކަށް ދިއުމަށް ދެބަފައިން ފުރިތަނާ އައި ވިލާގަނޑެއްގައި ޖެހި ޔޮޓްގެ ރިޔާތައް ހަލާކުވުމުންނެވެ.

ބައްޕަ އަލަން ލޭންގޑޮން ބުނީ ކުޑަ ދަރިފުޅު ގޮވައިގެން އޭނާ ފުރިއިރު ވިއްސާރައިގެ އެއްވެސް ނިޝާނެއްވެސް ފެންނަން ނެތް ކަމަށާއި ކުއްލިއަކަށް އައި ވިލާގަނޑެއްގައި ރިޔާތައް ހަލާކުވީ ކަމަށެވެ.

"ދެން ނެތް ހެދޭނެ އެއްވެސް ގޮތެއް. ނިޔުޒީލަންޑާ ވަރަށް ކައިރި އެއީ. ނަމަވެސް ދުއްވޭނެ އެއްވެސް ގޮތެއް ނެތީމަ ޓެސްމާނިއާ ކަނޑުތެރެއަށް ޔޮޓް ދޫކޮށްލީ. އުންމީދުކުރީ ބައަކު އަހަރެމެން ހޯދައި ސަލާމަތްކޮށްދޭނެ ކަމަށް."

އޭނާ ބުނީ ޔޮޓަކީ ކުޑަކުޑަ ޔޮޓެއް ކަމަށާއި ޔޮޓުގައި އިންޖީނެއް ނުހުންނަ ކަމަށެވެ. އެހެންކަމުން އޮޔާދަމުން ގޮސް އޮސްޓްރޭލިއާއަށް ލެއްގީ ކަމަށެވެ. އަދި ޔޮޓް ދޫކޮށްލާފައި އެނބުރިދާން ބޭނުން ނޫންކަމަށާއި ރިޔާތައް ހަދައިގެން އެނބުރި ނިޔުޒީލަންޑަށް ދާނީ ޔޮޓުގައި ކަމަށެވެ.

އޮސްޓްރޭލިއާ އާއި ނިޔުޒީލަންޑުން ވަނީ އެދެބަފައިން ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް ރާޑަރަށް ނޭރީއެވެ.
މިއަދު އޮންލައިން