ސައުދީން ދުވާލަކު 486،000 ފީފާ ތެޔޮ މަދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސައުދީން ދުވާލަކު 486،000 ފީފާ ތެޔޮ މަދުކޮށްފި
ސައުދިއަރަބިޔާއިން ތެޔޮ އުފައްދާ އަދަދުން ދުވާލަކު 486،000 ފީފާ ތެޔޮ މަދުކޮށްފިއެވެ. ސައުދީ ހަކަތަ އާއިބެހޭ ވަޒީރު ޚާލިދް އަލް-ފާލިޙް ދެއްވި ބަޔާނުގައި ތެޔޮ އުފައްދާ މިންވަރު މަދުކުރި އަދަދު ދެއްވާފައެއް ނުވެއެވެ. ވިދާޅުވީ ދުވާލަކު މިހާރު އުފައްދަނީ 10 މިލިއަން ފީފާއަށްވުރެ މަދުން ކަމަށާއި މިހާރު ތެޔޮ އުފައްދަނީ ޑިސެމްބަރު މަހު ބޭއްވި ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ސައުދިއަރަބިޔާއިން އެއްބަސްވެފައިވާ އަދަދަށްވުރެ ވެސް މަދު އަދަދަކަށް ކަމަށެވެ. ވަޒީރު ވިދާޅުވީ ފެބްރުއަރީގައި އަދި މިހާރަށްވުރެ ވެސް މަދުކުރައްވާނެ ކަމަށެވެ. ''ތެލުގެ ބާޒާރަށް އައި ހީނަރުކަން ފޫބެއްދޭނީ ،2 3 އަހަރު އެންމެން ގުޅިގެން މަސައްކަތްކޮށްގެން. ނޫނީ ތެޔޮ އުފައްދާ އެންމެންނަށްވެސް ދާނީ ގެއްލުންވަމުން." ޚާލިދު ވިދާޅުވީ ވިއެނާ ބައްދަލުވުމުގައި އެއްވަސްވި ގޮތަށް ހުރިހާ ޤައުމުތަކުން އަމަލުކޮށްފިނަމަ މިއަހަރު ތެރޭވެސް ޑިމާންޑް އިތުރުވެ ދުވާލަކު 1 މިލިއަން ފީފާ އުފެއްދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. "25 ޤައުމުން އެކުގައި މަސައްކަތްކޮށްފިނަ މައްސަލަ ހައްލުކުރެވޭނެ." ކުވައިތުން ވެސް ވަނީ ތެޔޮ އެކްސްޕޯޓްކުރާ އަދަދުން ދުވާލަކު 133،000 ފީފާ މަދުކޮށްފައެވެ، އިރާޤުން ވަނީ 170،000 ފީފާ މަދުކޮށްފައެވެ. އެހެންކަމުން ތެލުގެ އަގު ބާޒާރުގައި ދާނީ އަދިވެސް އުފުލެމުންކަމަށް ޤަބޫލުކުރެވެއެވެ.
މިއަދު އޮންލައިން