އިޒްރޭލުން ސީރިޔާއަށް އިތުރު މިސައިލް ހަމަލާއެއް ދީފިއެވެ. ސީރިޔާ އިން ބުނީ މިއީ އިޒްރޭލުން ދިން މިފަދަ 3 ވަނަ ހަމަލާ ކަމަށެވެ.
އިޒްރޭލުން ފޮނުވައިލި މިސައިލް ވެށްޓިފައިވަނީ ދިމިސްޤްގެ ހުޅަނގުން އޮންނަ މެޒޭ ސަރަހައްދުގައި ހިންގާ އަސްކަރީ އެއާޕޯޓެއް ކައިރިއަށެވެ. މިސައިލް ވެށްތުމުން އަލިފާން ރޯވިކަމަށްވެސް ސީރިޔާއިން ބުނެއެވެ. ނަމަވެސް މީހުން މަރުވިކަމެއް އަދި ލިބުނު ގެއްލުމުގެ ތަފްޞީލެއް ދީފައެއް ނުވެއެވެ.
ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ވެސް ވަނީ މިފަދަ މިސައިލް ހަމަލާއެއް ހަމަ މިސަރަހައްދަށް ދީފައެވެ. މިފަދަ ކޮންމެ ކަމަކަށްފަހު އިޒްރޭލުން ދަނީ އެކަމަކުން ރެކެމުންނެވެ. ހަމަލާތައް ނުދޭކަމަށް ބުނެ ދޮގުކުރަމުންނެވެ. ނަމަވެސް ރޭ ދިން ހަމަލާ އަދި ދޮގެއް ނުކުރެއެވެ.
މީހަކު ކަރުދާހުން ހަދާފައިވާ ރޮކެޓެއް އިޒްރޭލާ ދިމާއަށް އެއްލި ނަމަވެސް އިޒްރޭލުން ގެންދަނީ އެކަމަކީ ޓެރަރިސްޓް ހަމަލާއަކަށް ހަދައި ބަރު ހަތިޔާރުން ހަމަލާތައް ދީ އެތައް ބައަކު މަރަމުންނެވެ.