ތެލުގެ އަގުން 20 އިންސައްތަ ބޮޑުވެއްޖެ- ސަރޗާކް ނުނަގައެއް ނުވާނެ: ޤަތަރު އެއާވޭޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތެލުގެ އަގުން 20 އިންސައްތަ ބޮޑުވެއްޖެ- ސަރޗާކް ނުނަގައެއް ނުވާނެ: ޤަތަރު އެއާވޭޒް
ފާއިތުވި ދެ މަހެއްހައި ދުވަހުގެ ތެރޭގައި ތެލުގެ އަގުން 20 އިންސައްތަ ބޮޑުވެފައިވާ ކަމަށާއި ފަސިންޖަރުން އަތުން ސަރޗާޖް ނުނަގައި ނުހިފެހެއްޓޭނެ ކަަމަށް ޤަތަރު އެއާވޭޒް އިން ބުނެފިއެވެ.

ޤަތަރު އެއާވޭޒް ގްރޫޕުގެ ޗީފް އެގްޒެކަޓިވް އަކްބަރް އަލްބަކްރް ވިދާޅުވީ މި މައްސަލަ ކުރިމަތިވާނީ ހަމައެކަނި ޤަތަރު އެއާވޭޒްއަށް ނޫން ކަމަށާއި އެހެން އެއާލައިންތަކަށްވެސް މި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

"އަހަރެންނަށް ވިސްނެނީ ހުރިހާ އެއާ ލައިންތަކުންވެސް ވަރަށް އަވަހަށް ފިޔުލް ސަރޗާޖް ނަގަން ފަށާނެހެން. ވަރަށް މަދު އެއާލައިނަކުން ނޫނީ ޓިކެޓް ވިއްކަމުން މިއަންނަނީ ބަޖެޓް އަގުތަކުގަ. ތެލުގެ އަގު މިވަރަށް އުފުލުނީމަ މިދަނީ މިހާރުވެސް ވަރަށް ބޮޑަށް ގެއްލުންވަމުން." ކަމަށްވެސް އަކްބަރު ވިދާޅުވިއެވެ.

އަކްބަރު ވިދާޅުވީ ވީހައި ފުރިހަމަ ޚިދުމަތެއް ދިނުމަށް ޤަތަރު އެއާވޭޒް އިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށާއި އަދި ފްލައިޓްތަކުގެ ފެންވަރުވެސް މަތިކޮށް ދުވެލިބާރުކުރަންވެސް މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް ގެއްލުމުގައި ނުދުއްވޭނެ ކަމަށާއި ވިޔަފާރިން ދެކޮޅު ޖައްސަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން