ދެ ކުއްޖަކު ކަނޑަށް ގެނބެނިކޮށް ސަލާމަތްކުރި ހިތުގެ ބަލީގެ މީހަކަށް ޖެހުނު ހާޓްއެޓޭކުން ސަލާމަތްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދެ ކުއްޖަކު ކަނޑަށް ގެނބެނިކޮށް ސަލާމަތްކުރި ހިތުގެ ބަލީގެ މީހަކަށް ޖެހުނު ހާޓްއެޓޭކުން ސަލާމަތްވެއްޖެ!
އުމުރުން 53 އަހަރުގެ އަލީ މުޙައްމަދު އަލް ޝެހީ އާއި އޭނާގެ 18 އަހަރުގެ ދަރިފުޅު މުޙައްމަދު އަލްޝެހީއަށް ފެނުނީ ދެ ކުއްޖަކު މޫދަށް އެރި އުޅުމުގެ ތެރޭގައި ކަނޑަށް ގެނބެމުންދާތަނެވެ. ބަަލަން ނުތިބެ ތިބި އަރަބި ހެދުމާއިއެކު ދެބަފައިން ވެސް ކަނޑަށް ފުންމައިލީއެވެ.

މިމަހުގެ 6 ވަނަ ދުވަހު ހިނގި މިހާދިސާގައި ދެބަފައިންގެ ވަރަށް ބުރަ މަސައްކަތުން އެ ދެ ކުދިން ސަލާމަތްކުރިއިރު އެދެބެއިން ވީ ޢާއިލާ އާއިއެކު ދުބާއީއަށް ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ދެބެއިންނަށެވެ.

ސަލާމަތްކުރަންކުރި އަލީ މުޙައްމަދަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. ހާދިސާގައި ކުރަންޖެހުނު ބުރަ މަސައްކަތުގެ ސަބަބުން ހަރޓްއެޓޭކެއްވެސް ޖެހުނެވެ. ނަމަވެސް ފަރުވާ ދިނުމުން ވަނީ ރަނގަޅުވެފައެވެ.

ގެނބުނު ދެ ކުދިންނަށް ލޮނުބޮވިފައިވާ ވަރުން އަދިވެސް ގެންދަނީ ޚަލީފާ ހޮސްޕިޓަލުގެ ހޮސްޕިޓަލގެ އައިސީޔޫގައި ފަރުވާދެމުންނެވެ. މިއީ 14 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ އިސްޓީމަކުންނާއި މުނިސިޕަލިޓީގެ އިސް ޓީމަކުން ވަނީ ޢަލީ މުހައްމަދުގެ ދެބަފައިންނާއި ބައްދަލުކޮށް ދެބަފައިން އަދާކުރި މަތިވެރި އިންސާނީ ވާޖިބަށްޓަކައި ޝުކުރު އަދާކޮށް ތައުރީފްކޮށްފައެވެ.

ޢަލީ މުޙައްމަދު ބުނީ ޢަޞްރު ނަމާދުން ފައިބައިގެން ދެބަފައިން އެ ސަރަހައްދަށް ދިއައިރު އިވެނީ އެހީތެރިކަމަށް އެދި އަންހެނަކު، ދެކުދިންގެ މަންމަ ރޯއަޑު ކަމަށެވެ. އަދި އެ ރޮނީ ދެކުދިން ގެނބިމަރުވާން އުޅޭތީކަން އެނގުމުން އޭނާގެ ޞިއްހަތަށް ނުބަލައި ކަނޑަށް ފުންމައިލީ ކަމަށެވެ.
މިއަދު އޮންލައިން