ފަލަސްޠީނުގެ މައްސަލައިގަ 70 ޤައުމުން ޓްރަމްޕަށާ އިޒްރޭލަށް ވަރުގަދަ މެސެޖެއް ދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ފަލަސްޠީނުގެ މައްސަލައިގަ 70 ޤައުމުން ޓްރަމްޕަށާ އިޒްރޭލަށް ވަރުގަދަ މެސެޖެއް ދޭނެ!
ފަލަސްޠީނުގެ މައްސަލައަށް ޚާއްޞަކޮށްގެން މެދުއިރުމަތީގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ފަރަންސޭސިވިލާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބާއޝްވާ ސަމިޓު މާދަމާ ފަށާނެއެވެ.

މި ސަމިޓުގައި 70 ޤައުމަކުން ބައިވެރިވެއެވެ. ސަމިޓުން އިޒްރޭލަށާއި ޓްރަމްޕަށް ވަރުގަދަ މެސެޖެއް ދޭނެ ކަމަށް ވަނީ ބެލެވިފައވެެ.

މި ސަމިޓުގެ ތެރެއިން އެންމެ ބޮޑަށް މަޝްވަރާކުރާނީ ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ދިނުމަށެވެ. އަދި މެދުއިރުމަތީގެ މައްސަލައަށް ދާއިމީ ހައްލިބޭނީ ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ދީގެން ކަަމށް މި ސަމިޓުގައި ކަނޑަޢަޅާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަކީ މުޅި ދުނިޔެއަށްވެސް އޮތް މައްސަލައެއް ކަމަށާއި އެއްވެސް ކުށަކާއި ނުލައި ފަލަސްޠީނު އަޅުވެތިކޮށްގެން އިޒްރޭލުން އޮންނަ އޮތުން ނިމުމަކަށް ގެނެސްދިނުމުގައި ހުރިހާ ޤައުމުތަކެއްގެ ވެސް ދައުރެއް އެބައޮތް ކަމަށެވެ.
މިއަދު އޮންލައިން